ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

78 ރަށަކަށް ކުނި މެނޭޖުކުރަން ވެހިކަލް ފޯރުކޮށްދީ ނިންމައިފި

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާއިން ހިންގަމުންދާ ”މާގޭ ސާފުރާއްޖެ“ ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލް ހަވާލުކޮށްފި އެވެ.

އެންވައިރަމެންޓް މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން ”މާގޭ ސާފުރާއްޖެ“ ޕްރޮގްރާމްގެ ދަށުން 30 ވެހިކަލްވަނީ ރަށްތަކުގެ ކައުންސިލާއި ހަވާލު ކުރެވިފައިކަމަށެވެ. އަދި މި ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އެ މިނިސްޓްރީގައިކަމަށާއި ހަވާލުކޮށްދެއްވީ ވަޒީރު ތާރިގު އިބްރާހިމްކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މި ވެހިކަލްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި އެވުޒާރާއިން ހިންގަމުންދާ މަޝްރޫޢުގެ ދަށުން މިކަމަށް ރާއްޖެއަށް ގެނެސްފައިވާ މުޅިން އާ ވެހިކަލްތަކެއްކަމަށް މައުލޫމާތު ދީފައިވާއިރު މި މަޝްރޫޢުގެ ދަށުން 78 ރަށަކަށް ވެހިކަލް ފޯރުކޮށްދިނުމަށް ނިންމާފައިވާކަންވެސް ހާމަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މިއީ ވެހިކަލްތައް ހަވާލުކުރާ ދެވަނަ ބުރުކަަމަށެވެ. އަދި މީގެ ކުރިން 48 ވެހިކަލް ހަވާލުކޮށް ނިންމާފައިވާނެކަމަށާއި ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މިމަޝްރޫޢުގެ ދަށުން 25 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ވެހިކަލްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަުގައި މިނިސްޓަރު ތާރިގުވަނީ މިފަސް އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ ނިޒާމެއް އެކުލަވާލުމަށް ސަރުކާރުން އަމާޒުކުރާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވޭތުވެދިޔަ 6 މަހުގައި 22 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށް ދީ އެއިކުއިޕްމަންޓް ހިންގާނެ ގޮތުގެ ތަމްރީންވެސް އެރަށުކައުންސިލްތަކަށް ފޯރުކޮށްދީފައިވާނެކަަމަށް ހިއްސާކުރެއްވިއިރު އިތުރު 45 ރަށަކަށް ހަމަ މިފަދަ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށްޓަކައި ބައިނަލް އަގުވާމީ ބީލަމެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށް އެތަކެތި އޮގަސްޓް މަހު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ވެހިކަލްތަކަކީ ހިލޭ އެހީއެއްގެ ދަށުން ފޯރުކޮށްދީފައިވާ ތެކެތިކަމުގައިވިއަސް މިއީ އަގު ބޮޑު އެއްޗެއް ކަމުން މިއީ ދާއިމަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މިހަވާލުކުރެވުނު ވެހިކަލްތަށް އެއްމެ ރަނގަޅުގޮތުގައި ބޭނުންކޮށް އެރަަށްރަށުގެ ރައްޔިތުންނަށް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށް އިލްތިމާސްކުރެއްވިއެވެ. އަދި މިގޮތަށް ފޯރުކޮށްދޭ ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިންކޮށް ބެލެހެއްޓުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: