ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ހައްޔަރުކުރި ސްޓޭޓް މިނިސްޓަރު ޝަމްނާޒް މަގާމުން ވަކި ކޮށްފި

ސްޓޭޓް މިނިސްޓަރު ފަތިމަތު ޝަމްނާޒް އަލީ ސަލީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި ފަތިމަތު ޝަމްނާޒް އަލީ ސަލީމް އެ މަގާމުން ވަކި ކޮށްފިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ވެބްސައިޓުގައި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހިމަނާފައިވާ ޕޭޖުގައި ޝަމްނާޒް ވަނީ ކުރީގެ ސިޔާސީ މުވައްޒަފުންގެ ބަޔަށް ބަދަލުކޮށްފައެވެ.

އެ މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ޝަމްނާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުރީ އޭޕްރީލް 4, 2024 އިން ޖޫން 26, 2024ގެ ނިޔަލަށެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބުދަ ދުވަހު ޝަމްނާޒް ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ޝަމްނާޒްއާއިއެކު އިތުރު 2 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތު ޝަމްނާޒްގެ މައްޗަށް ކުރެވޭކަމަށް ސޯޝަލް މީޑީއާގައި ވަނީ އަޑު ފެތުރިފައެވެ.

މީގެ ކުރީގައި ޝަމްނާޒް ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: