ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ އީދު ހަރަކާތުން ދިން މެސެޖު ލިބުނު: ޝިޔާމް

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީގެ އީދު ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މަށިމާލި ހަރަކާތުން ސަރުކާރަށް ދީފައިވާ މެސެޖު ލިބިފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަލްޙާ އީދު ފާހަގަކުރުމަށް ކުޅުދުއްފުށިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ކުރިއަށް ގެންދިޔަ އެއް ހަރަކާތަކީ މާލި ޕެރޭޑްކަމަށްވާއިރު ހަރަކާތްތަކުގައި ސަރުކާރަށް ރައްދުވާކަމަށް ބެލެވޭ ބައެއް ކަންކަން ހިމެނޭކަމަށް ރިޕޯޓުތަކުގައިވެއެވެ.

މަސްވެރިންނަށް ފައިސާ ދިނުން ފަދަ ކަންކަމާއި ގުޅޭގޮތުން ވެފައިވާ ވައުދުތައް ފުއްދިފައިނުވާކަމަށް ޕެރޭޑްގައި ސިފަކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓަރު ޝިޔާމްވަނީ ހަރަކާތަށް ތައުރީފްކުރައްވާފައެވެ. އެކްސްގައި ހިއްސާޚުރި ގޮތުން މަށިމާލި ޕެރޭޑަކީ އީދުގެ އުވާވެރި ޖައްވުން އަބަދުވެސް މީހުންގެ ސަމާލުކަން ހުއްޓޭ ހަރަކާތެއްކަމަށެވެ.

ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ބައެއް ސިޔާސަތުތައްކަށް ފާޑުކިޔުމާއި ވެފައިވާ ވައުދުތައް ސަރުކާރަށް ހަނދާންކޮށްދޭ ގޮތަށް ހަދާފައިވާ ފުޅަނދުތައްވެސް އެއީ ބިނާކުރަނިވި ފާޑުކިޔުންތަކެއްކަމަށެވެ. އަދި އެއީ ސަރުކާރަށް ވީ ވައުދުތައް ހަނދާންކޮށްދިނުމުގެ ގޮތުން ދީފައިވާ މެސެޖެއްކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

މަސްވެރިންގެ ހައްގުތައް ކަށަވަރުނުވާކަން ދޭހަވާގޮތަށް ކުޅުދުއްފުށީގައި އީދު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ދާދި ފަހުން މަސްވެރިންތަކެއް ވަނީ ރިޔާސީ ފާލަން ހުންނަ ސަރަހައްދުގައި އިހުތިޖާޖުކޮށްފައެވެ. މި ސަރަހައްދަށް ޝިޔާމްވަނީ ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި ލޭނު މަސްވެރިންކަމަށް ހުއްދަ ދީފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރެއްވިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: