ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒް މިނިސްޓްރީ އާއި ވޯލްޑް ބެންކު ގުޅިގެން ސްކޮލަޝިޕް ފުރުސަތުތަކެއް!

މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސެސް އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި ވޯލްޑް ބެންކު ގުޅިގެން ސްކޮލަޝިޕު ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން ވޯލްޑް ބެންކާއިއެކު ކުރެވޭ މި މަސައްކަތްތަކަކީ ”ޓްރާންސްފޯމިންގް ފިޝަރީޒް މެނޭޖުމެންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސްގެ ގޮތުގައި ނަން ދެވިފައިވާ މަސައްކަތްތަކެއްގެ ދަށުން ހުޅުވާލެވިފައިވާ ތައުލީމު ލިބިގަތުމުގެ ފުރުސަތުތަކެއްކަމަށެވެ.

މިނިސްޓްރީއިންވަނީ ސްކޮލަޝިޕަށް އެދުމަށް އެޕްލިކޭޝަން ފުރުސަތު ހުޅުވާލާފައިކަމަށްވާއިރު މެރިން ސައިންސްއިން މާސްޓާސް ޑިގްރީއަކާއި، އަކުއަކަލްޗާއިން ބެޗަލާސް ޑިގްރީއެއް ހާސިލުކުރުމަށްވެސް ފުރުސަތު އޮވެއެވެ. އަދި މެރިން ސައިންސްއާއި މެރިން ބަޔޮލޮޖީއިން ވެސް ޑިގްރީ ނެގުމަށް ހުޅުވާލާފައިވާއިރު އެކުއާޓިކް ވެޓްރެނަރީ ކެއަރއިންވެސް ޑިގްރީ ހާސިލުކުރުމަށް ހުޅުވާލާފައިވެއެވެ.

ސްކޮލަޝިޕަށް ހުށައެޅުމަށް ސުންގަޑިއެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ 12:00 އެވެ. މިކަމާއި ގުޅޭ އިތުރު މައުލުމާތު ހޯއްދެވުމަށްޓަކައި 3033484 އަށް ގުޅުއްވުމަށް މިނިސްޓްރީއިން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: