އެތެރޭގައި ހިނގާ ގޯސްތަކާއި ކުރީގެ ސަރުކާރާ ނުގުޅުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މައާފުގެ ދަށުން ދޫކުރި ކުށްވެރިންގެ އަދަދު ހާމަކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ވެރިރަށް މާލޭގައި ކުށްކުރާ މިންވަރު އިތުރުވެ، މީހުން ރަހީނު ކުރުމާއި ބިރު ދައްކައި ފައިސާ ފޭރޭ މައްސަލަތައް މިފަހުން ވަނީ އިތުރުވެފަ އެވެ. އޮޅުވާލައިގެން އެޕާޓްމަންޓުތަކަށް ގެންގޮސް، އެ މީހުން ބަރަހަނާކޮށް ވީޑިއޯ ނަގައި ފައިސާއަށް ޑިމާންޑު ކުރާ މައްސަލައެއްގެ ތަހުގީގު ފަށައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
ވައްކަންކޮށް، އެތަކެތި ހާމަކަން ބޮޑުކޮށް މާލޭގެ މާރުކޭޓު ސަރަހައްދުގައި ވިއްކާކަމަށް ނޫހަކުން ކުރި ރިޕޯޓަކަށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިއީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކުށްވެރިންތަކެއް ދޫކުރުމުގެ ނަތީޖާކަމަށެވެ. ކުރީ ސަރުކާރުގެ ނަން ނުގެނެސް، ޝިފާން ވިދާޅުވީ މީގެ 10 މަސް ކުރިން 434 ކުށްވެރިން ދޫކޮށްފައިވާކަމަށެވެ.
ޝިފާން އެ ވިދާޅުވި މުއްދަތު ދިމާވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެންމެ ފޯރިގަދަވި ވަގުތާއި އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށެވެ.
ކުށްކުރުމުގެ ނިސްބަތް އިތުރުވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުންކަމަށް ނުސީދާ ގޮތެއްގައި، ޝިފާން ވިދާޅުވުމުން އެކަމަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި މިދިޔަ ސަރުކާރުގެ މިނިސްޓަރ މާރިޔާ ވިދާޅުވީ ކުށުގެ ވެރިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް ވަކި މުއްދަތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އަލަށް އުފެދުނު ސަރުކާރާއި އެކު ރައީސް މުއިއްޒުގެ މައާފު ލިބި ދޫކުރި ކުށްވެރިންގެ އަދަދާއި މަޖިލިސް އިންތިހާބަށް ވޯޓު ހޯދުމުގެ ނިޔަތުގައި ދޫކުރި ކުށްވެރިންގެ އަދަދު ވެސް ހާމަކުރުމަށް މާރިޔާ ގޮވާލި އެވެ.
ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަކަމަކަށް ދިރާސާތަކުން ނުދައްކާ. އައު ސަރުކާރު އައުމުންނާއި މަޖަލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ގޮވާލަން
ދާދިފަހުން ފުލުހުން ވަނީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކުށްކުރުން އިތުރުވެފައިވާކަމަށް މައުލޫމާތުދީފަ އެވެ. އޭގެ ތެރޭގައި ބޮޑެތި ސްކޭމްގެ މައްސަލަތައް ހިމެނޭއިރު ވެހިކަލްތައް ވަގަށް ނެގުން ވެސް ހިމެނެ އެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަކި ބަޔަކަށް ނޫނީ އެކްސެސް ނެތްތަނަކުން ކާރެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އޮޅުވާލައިގެން މީހުން ހިޔާ ފްލެޓުތަކަށް ގެންގޮސް ބްލެކްމެއިލް ކުރާ މައްސަލައިގައި ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. ހިޔާ ފްލެޓުގައި ނޫނަސް، އޮޅުވާލައިގެން މީހުން އެޕާޓްމަންޓުތަކަށް ގެންގޮސް ބަރަހަނާ ކުރުމަށް ފަހު ފައިސާއަށް ޑިމާންޑު ކުރާ މައްސަލަތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.

