ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. ގުރައިދޫ މަރުކަޒުގައި ”އުފާވެރި ރާސްތާ“ ޕްރޮގްރާމް ފަށައިފި

ކ. ގުރައިދޫ މަރުކަޒުގައި ”އުފާވެރި ރާސްތާ“ ޕްރޮގްރާމް ފެށުން/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުރައިދޫ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ 60 އިސްރަށްވެހީންނަށް ބާއްވާ ”އުފާވެރި ރާސްތާ“ ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކާއި އެކު ފޯރުކޮށްދެވޭ މަޢުލޫމާތު ސެޝަންތަކެކެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނެވެ. މި ޕްރޮގްރާމެއް ހިންގުމުގެ މަޤުސަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މި މަރުކަޒުގައި ޚިދުމަތް ހޯދާފަރާތްތައް މުޖްތަމަޢުއަށް ނެރުމަށް އަހުލުވެރި ކުރުވުމެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އެހީތެރިވެދިނުމެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ނަރުހުންނާއި ސޯޝަލް ވާކަރުންނެވެ. މިއަދުގެ ސެޝަންގައި މަޢުލޫމާތު ދެވިފައިވަނީ ދުޅަހެޔޮސިއްހަތެއްގައި ތިބުމަށް ކުރެވޭނެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކާއި، މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުން މުޙިއްމު ކަންކަމަށެވެ. މި ޕްރޮގްރާމްގައި ޖުމްލަ 60 މީހުން ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: