ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗޮންޗިންގް އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ، ޗޮންޗިންގް އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

މި އެއާލައިންސްގެ ދަތުރުތައް ފަށާފައިވާއިރު، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން މި އެއާލައިންސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މި އެއާލައިސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި ފްލައިޓް ޖެއްސުމާއި އެކީ ވަނީ ވޯޓާ ސެލިއުޓެއް ވެސް ދީފައެވެ.

މި އެއާލައިންސްގެ ދަތުރުތައް އަލުން ފެށުމަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކަމަށް ހާއްސަކޮށްގެން ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ވެންގ ލިޒިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު އާއި، މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން އާއި، އަދި ޗޮންގްޗިންގް އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގޕިންގ ބައިވެރިވެވަޑައިގެންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، މިއަދު މި ޖެއްސި ފްލައިޓް ރާއްޖެއަށް ޖެއްސީ ސިރީލަންކާގެ ކޮލަމްބޯގައި ޓްރާންސިޓް ކުރުމަށްފަހުގައި ކަމަށެވެ. ހަމައެއާއެކު ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ޗައިނާގެ 4 ފްލައިޓް އަކާއި ހޮންގކޮންގްގެ ފްލައިޓަކާއި އެކު ޖުމްލަ 5 ފްލައިޓެއް އަލަށް ރާއްޖެއަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާާޅުވީ، ރިކޯޑް އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ދަތުރު ކޮށްފައިވަނީ 2019 ގައި ކަމަށާއި، އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން މި ނަމްބަރަށް ވުރެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށެވެ. ވަޒީރުގެ ވާހަކައިގައި ފަތުރުވެރިން ރާއްޖެ އަންނަ އިންސައްތަ އިތުރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއާއި ގުޅިގެން އިޝްތިހާރު ކުރުމުގެ ހަރަކާތްތައް އަންނަނީ ރާވަމުންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޗައިނާގެ މާކެޓް މިއަށްވުރެން ވެސް ބޮޑު ކުރުމަށް ވިސްނަމުންދާ ކަމަށާއި މިހާތަނަށް ރާއްޖެއަށް ޗައިނާގެ 114000 ފަތުރުވެރިން އައިސްފާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: