ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިޔާ އިގްތިސާދާ ގުޅޭ މަޝްވަރާތައް ކުރިއަށް، މިނިސްޓަރު ސައީދު ޗައިނާގެ އައިސީބީސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އިކޮނޮމިކް މިނިސްޓަރު ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ ސީނިއާ އެގްޒެކެޓިވްސްއާ ބައްދަލުކުރެއްވުން- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ ސީނިއާ އެގްޒެކެޓިވްސްއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ މިއަހަރުގެ ޖެނުއަރީ މަހު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ވިޔަފާރި އާއި އިޤްތިސާދު ގުޅުންހުރި މަޝްވަރާތަކުގައި ހުށައެޅިފައިވާ ކަންކަމާ ބެހޭ ގޮތުން ބޭއްވި ބައްދަލުމެކެވެ.

މިއަދުގެ އެ ބައްދަލުވުމުގެ އިތުރުން ބުދަ ދުވަހު މިނިސްޓަރު ވަނީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް، ވޮންގ ވެންޓޮއޮ އާއި ވެސް ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައިވާއިރު ވިޔަފާރީގެ ދާއިރާއަށް ލުއި ފަސޭހަތަށް ގެނެއުމަށްޓަކައި ރާއްޖެއާއިއެކު ވިޔަފާރީގެ މުޢާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއިއެކު، ކަރަންސީ ސެޓެލްމެންޓް އެރޭންޖްމަންޓްތައް ހެދުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: