ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މި ސަރުކާރުގެ ސަބަބުންނެއް ނޫން: ސައީދު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ މި ސަރުކާރުގެ ސަބަބުން ނޫންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ހުސްވެފައިވާކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ. އަދި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވުމުން ކުރިޔަށް އޮތް ދުވަސްތަކުގައި އޭގެ ހެޔޮ ބަދަލު ފެންނާނެކަމަށް ވަނީ ބުނެފަ އެވެ.

މިފަހަކަށް އައިސް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ސަރުކާރަށް އަހަރެއް ނުވެ އުޅެނިކޮށް ޖެހުނީ ވާރުތަވި ބޮޑު މައްސަލައެއް ހައްލު ކުރަންކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ މިކަން އެނގިވަޑައިގެން ހުންނަވާކަމަށާއި، އެކަންކަން ހައްލު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއްކަމަށެވެ.

ޗާޕުކޮށްގެން ރާއްޖޭގެ ރައީސަކު އިކޮނޮމީ ހިންޖަންވެއްޖެއްޔާ ޖެހޭނެ ތަނުގައޭ މި ޖެހުނީ.

ފައިސާ ޗާޕު ކުރުމުން ޖެހޭނެ ހާލަތު މިހާރު ގައުމަށް ޖެހިފައިވާކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، ރައީސް މުއިއްޒު އެ ސަގާފަތް އުވާލާނެކަމަށެވެ.

ފިޗުން ކުރި ރޭޓިން ދަށްވެގެންދިޔައީވެސް ނުކަތާ ވަރަށް ފައިސާ ޗާޕުކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އާމްދަނީ އިތުރު ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދާފައި ނެތުން އެއީ އަނެއް ސަބަބުކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ފިޗުގެ އިތުރުން އައިއެމްއެޗް، ވޯލްޑް ބޭންކު ފަދަ ތަންތަނުން ވެސް އެކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. ފިޗުން ކުރާ ރޭޓިން ދަށްވުމަކީ މި ސަރުކާރުގެ ސަބަބުން ދިމާވާ މައްސަލައެއް ނޫން އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކެމްޕޭނަށް ދިމާކޮށް ކުންފުނިތަކަށް ނުކަތާ ވަރަށް ވަޒީފާއަށް މީހުން ނެގުމާއި، ނުކަތާ ވަރަށް މުސާރަ ދިނުމަށް ރޭވުމަކީ ދުވަހުވެސް ދެކޮޅު ޖެހޭނެކަމެއް ނޫންކަމަށެވެ.

މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސައީދު ފާހަގަކުރެއްވީ އެސްޓީއޯއާއި ފެނަކަ މާޖްކުރުމެވެ. މިއީ ހަރަދު ކުޑަވާނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކުންފުނިތައް ބާރަށް ހިނގައިގަންނަން ލިބޭ ފުރުސަތެއްކަމަށް ވިދާޅުވިއެވެ. މިކަންކަން ސައީދު ފާހަގަކުރެއްވީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރޭޓިން އޭޖެންސީތަކުންވެސް ޕޮޒިޓިވްލީ ގަބޫލު ކުރާނެ ކަންތައްތަކުގެ ގޮތުގައެވެ.

ރައީސް މުއިއްޒު ރަނގަޅުކަމެއް ކުރައްވައިފިނަމަ، އެކަމުގެ ކްރެޑިޓް އިދިކޮޅުން ނަގާކަމަށާއި، ނަމަވެސް އެ ޕާޓީގެ ވެރިކަމުގައި ނެގި ދަރަންޏަށް ޒިންމާ ނުވާކަމަށް ސައީދު ވިދާޅުވިއެވެ.

ދަރަނީގެ ވާހަކައެއް ދައްކައިފިއްޔާ ތިމަންނަމެން ކުރި ކަމެއް ނޫނޭ، ތިމަންނަމެންނާ ބެހޭ ވެސް ކަމެއް ނޫނޭ، އެކަމަކު މިސަރުކާރުން ރަނގަޅު ކަމެއް ކޮށްފިއްޔާ އާ އެއީ ތިމަންނާމެންގެ ކަމެއް.

ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެސް ވާދަވެރިކަމާއި އެކީ މަސައްކަތްކޮށްގެން ނޫނީ ދައުލަތެއް ކުރިނާރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: