ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްޕޯޓު ކުރާ ކާބޯތަކެތި މަދުކުރެވޭނެ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއު ޑިސެމްބަރުގައި ފަށަނީ!

ޜައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެބިނެޓު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ހިންގާ، ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއު އަންނަ ޑިސެމްބަރު މަހު ފަށާނެކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ބިޔަ މަޝްރޫއުތައް ފެންނާނެކަމަށެވެ. އެގޮތުން ”އެގްރިކަލްޗާ އިކޮނޮމިކް ޒޯން“ މަޝްރޫއު ފާހަގަކުރެއްވިއެވެ. މިއީ މިދިޔަ 9 މަސް ދުވަހުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ތެރެއިން ރާއްޖެއަށް އިމްޕޯޓްކުރާ ގާތްގަނޑަކަށް ދިހަ ބާވަތެއްގެ ތަކެތި ރާއްޖޭގައި އުފައްދަން ފެށޭނެކަމަށް ވިދާޅުވިއެވެ. މިއީ 200 މިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް ކޮށްގެން ހިންގާ މަޝްރޫއުއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫއުގެ ފައިސާ ރާއްޖޭގެ އިގުތިސާދުގެ ތެރޭގައި ދައުރުވާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރުމަށް، އެސްޓީއޯއިން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު، ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމު ކުރަން އެއްބަސްވުމުގައި ސޮއި ކުރީ މި މާޗު މަހުގެ ތެރޭގައެވެ.

މި އެއްބަސްވުން ވާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބޭ މުހިންމު ކުރިއެރުމަކަންކަމަށް އެމްއައިޑީއިން މީގެ ކުރިން ބުނެފައިވެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެއެވެ. ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: