ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ގޮންޖެހުންތަކަށް އެމްޑީޕީ ޒިންމާވާން ޖެހޭ، ހަގީގަތަކީ އެއީ: އިއްސެ

ޕީއެންސީ ހަރުގެ ޖަލްސާ ތެރެއިން މެމްބަރު ނިޒާރު ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް ދިމާވެފައިވާ ސަބަބު ކިޔައިދޭއިރު، ކުރީގެ ސަރުކާރުގެ ވާހަކަ ނުދައްކާ ކިޔައިދޭނެ އެއްވެސް ގޮތެއް ނެތްކަމަށް މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އިސްމާއީލް ވިދާޅުވީ، ކުރީ ސަރުކާރުގެ ވާހަކައަަކީ މާ ގަޔާވެ ދައްކާ ވާހަކައެއް ނޫންކަމަށެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ އެތައް ދުވަހެއްގެ މަތިން އުފެދެމުން އައިސްފައިވާ މައްސަލައެއްކަން ބޭރުގެ މާލީ އިދާރާތަކުން ވެސް ފާހަގަކުރާކަމަށާއި މިހާރުގެ ހާލަތުގެ ވާހަކަތައް ދައްކާއިރު ކުރީގެ ސަރުކާރުގެ ވާހަކަތައް ނުދައްކާ އެ މައުލޫމާތުތައް ދެވޭނެ އެއް ގޮތެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ، ކުރީ ސަރުކާރުގެ ވާހަކަތައް ދައްކަން ޖެހެނީ އެ ސަބަބާއި ގުޅިގެންކަމަށާއި ކުންފުނިތައް މެނޭޖުކުރުމުގައި ބޮޑެތި އިހުމާލުތައް ވެފައިވާކަން ވަރަށް ސާފުކޮށް ފެންނަން ހުރިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރު ހިންގުމުގައިވެސް އެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގެ މަތިން ކުރެވިފައި ނެތްކަން ފެންނަ ކަމަށެވެ.

އިސްމާއީލް ވިދާޅުވީ، ދިވެހި ރައްޔިތުން އެކަންކަން ބަލައި ނުގަނެ ސަރުކާރު ބަދަލުކޮށްފައިވުމަކީ އެކަމުގެ ހެއްކެއްކަމަށާއި އޭގެ މާނައަކީ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ކަންކަން ކުރެވިފައި ނެތުންކަމަށެވެ.

އިސްމާއީލް ވިދާޅުވީ، ދައްކަމުން ދަނީ އެހާ ގަޔާ ވާ ވާހަަކަތަކެއް ނޫންނަމަވެސް ރާއްޖޭގެ މާލީ ހާލަތާއި ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަތައް ދައްކާއިރު، ކުރީގެ ސަރުކާރުގެ ވާހަކަތަކަށް އަލިއަޅުވާނުލައި ކުރިއަށް ދެވެން ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: