ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަސްވެރިންނަށް ދެރައެއް ގެއްލުމެއް ނުދޭނެ: އިއްސެ

ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނާއި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ވެސް ގެއްލުންތަކެއް ލިބިގެންދާ ގޮތަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު އިސްމާއީލް ވަނީ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އިސްމާއީލް ވިދާޅުވީ، މި ސަރުކާރުގައި ރާއްޖޭގެ އެއްވެސް ސިނާއަތެއްގެ މަސައްކަތްތެރިންނަށް ދެރަތަކެއް ލިބިގެންދާ ގޮތަށް އެއްވެސް ކަމެއް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުރާނެކަމަށެވެ.

އޭނާ ވިދާޅުވީ، މަސްވެރިންނާއި އެހެނިހެން ސިނާއަތުގެ މަސައްކަތްތެރިންނަށް ވެސް ގެއްލުންތަކެއް ވެގެންދާ ފަދަ ގޮތަކަށް މި ސަރުކާރުން ފިޔަވަޅުތަކެއް ނާޅާނެކަން ފަހުރުވެރިކަމާއިއެކު ވިދާޅުވާން ކެރިވަޑައިގަންނަވާކަމަށެވެ. އިސްމާއީލް ވިދާޅުވީ، އައްޑޫ އާއި މުޅި ރާއްޖޭގެ މަސްވެރިންނަށްވެސް ދިމާވެފައިވަނީ ދެރަ ހާލަތެއްކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ދައްކައި ހަލާސްކުރުމަށް ކަމަށް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން މުޒާހަރާގައި ބައިވެރިވި ބައެއް މަސްވެރިން ގުޅުއްވުމުން އޭނާ ވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ ގާތުން މައްސަލައާއި ގުޅޭ ތަފްސީލުތައް އައްސަވާފައިކަމަށާއި މިނިސްޓަރު ދެއްވި ޖަވާބު މަސްވެރިންނަށް ހިއްސާކުރެއްވިކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މައްސަލަތައް ދިމާވެގެން އައީ އީދު ބަންދާއި ދިމާކޮށްކަމަށްވުމުން މިނިސްޓަރަށްވެސް ވަގުތުން ވަގުތަށް ފައިސާ ދެއްކޭނެ ތާރީހެއް ދަންނަވަން ދަތިވެވަޑައިގަތުމުން ސާފުކޮށް މަސްވެރިންނަށް އެ މައުލޫމާތުތައް ދެއްވިކަމަށެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދިމާވާ ކޮންމެ ކަމެއްގައިވެސް ވީ އެންމެ އަވަހަކަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށާއި އީދު ބަންދަށް ދިޔައިރުވެސް ބެކްލޮގެއް އޮތުމުން ކްލިއަރކުރުމަށްޓަކައި ބަންދުގެ ކުރިން މަސްވެރިންނަަށް ފައިސާ ދީފައިވާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރު އީދުގެ ދުވަސްތައް ނިމި ސަރުކާރު ހުޅުވުމާއިއެކު ސަރުކާރުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި މަސައްކަތްތައް ކުރަމުންކަމަށާއި ވަރަށް އަވަހަށް ބާކީ ނުދައްކާ އޮތް އަދަދު ދައްކާ ނިންމާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: