ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން 27 ވަނަ ދުވަހުގެ ނިޔަލަށް ހުރި ފައިސާ މަސްވެރިންނަށް ދީފިން: މިފްކޯ

މިފްކޯ ކުންފުނި
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް 53 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ހުއްޓުވާލައި މަސްވެރިން އެ މީހުންގެ ހައްގުތައް ހޯދުމަށް ހުއްޓުމެއް ނެތި އިހުތިޖާޖު ކުރަމުން އައިސްފައިވާއިރު، މިފްކޯއިންވަނީ އެ ކަން ހުއްޓުމަކަށް ގެނެސް އޮޕަރޭޝަން ފެށުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަން މީގެ ކުރިން ހާމަކޮށްފައެވެ.

މަސްވެރިން ގޮވާލަމުންދިޔައީ މަހަށްވާ ފައިސާ ދިނުމަށް ކަމަށްވާއިރު، މިފްކޯއިންވަނީ މައްސަލަ ހައްލުކުރުމުގައި ކާމިޔާބީ ލިބިފައިވާކަން މީޑިއާތަކަށް ހިއްސާކޮށްފައެވެ. އެގޮތުން ޖޫން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަން ޖެހިފައިވަނީ 53 މިލިއަން ރުފިޔާކަމަށެވެ. އަދި އޭރު މި މައުލޫމާތު ދިން އިރުވެސް ފައިސާ ޖަމާވަމުންދާކަމަށްވެސް ބުނެފައިވެއެވެ. މިހާރު މަސްވެރިންވަނީ އައްޑޫގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހުައްޓާލާފައެވެ.

މާލީ ގޮތުން ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާނަމަވެސް މިފްކޯއިންވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ދަތިތައް ފިލުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ކަނޑައެޅިފައިވާކަން މީގެ ދުވަސްތަކެއް ކުރިން އިއުލާނުކޮށްފައެވެ. އެގޮތުން ޖުމުލަކޮށް ފަސް އަހަރުގެ ތެރޭގައި 2.5 ބިލިއަންގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާނެކަމަށް ބުނެފައިވާއިރު މިހާރު މިފްކޯއިންވަނީ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގައި ހިމެނޭ ކޭނަރީގެ ޑިޒައިނިންގ މަސައްކަތް ފަށަފައިކަން ފާހަގަކުރެވެއެވެ.

މިފްކޯއިން ބުނެފައިވާގޮތުން ޗައިނާ ކޮންޓްރެކްޓްރަކާއި، ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށި މި މަޝްރޫއުގެ ތެރެއިން އަލަށް ގާއިމްކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: