ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮނި ވާހަކައެއް ނުދައްކާނަން، ޕީއެންސީން ނަތީޖާ ނެރޭނީ ކުރާ މަސައްކަތުން: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި މެމްބަރުން މަސައްކަތް ކުރާނީ އިހުލާސްތެރިކަމާއި އެކު ނަތީޖާ ނެރުމުގެ ނިޔަތުގައިކަމަށާއި، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ކޮންމެހެން ވެސް ލިމިޓު ކުރަން ޖެހޭކަމަށް ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދިޔައީ، މެންބަރުންގެ އަދަދު މަދުކުރަން ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސެވެ. ޝުޖާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިއުމާ މެދު މެންބަރުންގެ ވިސްނުން ހުރި ގޮތެއް ދެނެގަތުމަށެވެ.

ޝުޖާއު ހުށަހެޅުއްވި ގަރާރަށް ތާއީދު ކުރައްވައި ފަލާހު ވިދާޅުވީ މިއީ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށްވި ވައުދުތައް ފުއްދާނެކަމަށް ފަލާހު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި، އަޅާ ފިޔަވަޅެއްގެ ގޮތުން ވަކި ބަޔަކަށް ވީތީ ލިބޭ އެލަވަންސަށް ބަދަލު ގެނެސް އުނި ކުރުމުގެ ބާރު ލިބިދޭ މެޖޯރިޓީއެއް އޮވެމެ އެމްޑީޕީން މިދިޔަ ދައުރުގައި އެ މަސައްކަތް ނުކުރީ ކިއްވެތޯ ފަލާހު ސުވާލު އުފެއްދި އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، އެމްޑީޕީގެ ވެރިކަމުގައި ކައުންސިލް މެމްބަރުންގެ އަދަދު އިންތިހާއަށް އިތުރުވެގެން ދިޔައިރު މިހާރު އެކަން ވެސް ވެފައިވަނީ ދައުލަތުން އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށްކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މަޖިލީހުގައި މީގެ ކުރިން އިހުލާސްތެރި މަސައްކަތް ކުރެވުނު ނަމަ، މިއަދު އޮންނާނީ ހަރަދު ކުޑަ ދައުލަތެއް ކަމަށެވެ. 20 ވަނަ މަޖިލީހުން މަސައްކަތް ކުރާނީ ފަލާހު ވިދާޅުވި ގޮތުގައި އިހުލާސްތެރިކަމާއި އެކު ނަތީޖާ ނެރުމަށެވެ. ގަރާރުތައް ހުށަހަޅައި، ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައި ދައްކާ ވާހަކައަކުން ނިންމާނުލާނެކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނަށް ތަފާތު ދައްކާނެކަމަށް ފަލާހު ވިދާޅުވި އެވެ.

މީގަ މުހިންމުކަމަކީ މި ގެނެވޭ ބަދަލުތަކަކީ، ނުބައި ބަދަލުތަކެއްކަމަށް ނުދެއްކުން… އެމްޑީޕީއަށް ނިސްބަތްވުމަކުން، ޕީޕީއެމަށް ނިސްބަތްވުމަކުން، ނުވަތަ ޖޭޕީއަކަށް ނިސްބަތްވުމަކުން ބޭކާރު، މި ގައުމަށް ގެއްލުން ހުރި ވާހަކައެއް މިތަނުގައި ދައްކާކަށް ނުޖެހޭ..

ރާއްޖޭގެ ގާނޫނުތައް މިހާރު އޮތް ގޮތުން، ކޮންމެ އިދާރީ ދާއިރާއެއްގައި ރެޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރެޖިސްޓްރީކޮށްފައިވާ އާބާދީގެ 5000 އަށް ވުރެ އިތުރު ނުވާނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ތިން ދައުރަށް ބަލާއިރު 18 ވަނަ މަޖިލީހުގައި 85 މެންބަރުން، އަދި މިދިޔަ ދައުރުގައި 87 މެމްބަރުން ތިއްބެވި އެވެ. އެއަށް ފަހު މި ދައުރުގައި އެ އަދަދު ވަނީ 93 އަކަށް އިތުރުވެފަ އެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން، ދެން އޮންނަ މަޖިލިސް އިންތިހާބަކަށް 100 ގޮނޑިއަށް އިއުލާނު ކުރާނެކަމަށް ބެލެވެ އެވެ.

މެންބަރުންގެ އަދަދު އިތުރުވާ އިރު ދައުލަތުގެ ބަޖެޓުން ކޮންމެ މެންބަރެއްގެ މުސާރަ އަށް މަހަކު 82،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: