ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މަސައްކަތް ހުއްޓުވަން، ހުށަހަޅާ ކުއްލި މައްސަލައާއި ގަރާރުތަކަށް ފުރުސަތެއް ނުދޭނަން: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުން ހުރި މުހިންމު ބިލުތަކުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުއްލި މައްސަލައާއި ގަރާރުތައް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހަޅާނަމަ އެކަމަށް ފުރުސަތު ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުއްލި މައްސަލައެއް ހުށަހެޅުމުން ސަރުކާރު މެމްބަރުންގެ ސުޕަ މެޖޯރިޓީއެއް އޮތް މެމްބަރުންގެ ވޯޓުން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. އެ މައްސަލައިގައި، އެމްޑީޕީގެ މެމްބަރުން ވަނީ ޕީއެންސީއާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަމްދޫހު ވިދާޅުވީ ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތަށް ހުރަސްއަޅައި، އުނދަގޫ ކުރުމަށް އެހެން ބަޔަކަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ. މަމްދޫހު ވިދާޅުވީ ރައީސްގެ ވިސްނުމުގައި ހުރީ، މަޖިލީހުގެ މިހާރު ހިނގަމުން ދާ ދައުރަށް މިފަދަ ހައްލު ކުރަން ޖެހޭ މައްސަލަތަކާއި ގުޅުން ހުރި ބިލުތައް ވީހާވެސް އަވަހަށް ހުށަހަޅައި މަސައްކަތް ނިންމާލުން ކަމަށެވެ. އެކަމަކު ތަޅުމުގެ ތެރެއިން ފެންނަނީ، އެ މަސައްކަތް ވިޔަ ނުދޭން ބޭނުން ވެގެން އިދިކޮޅުން ވާހަކަ ދައްކަވާ މަންޒަރުކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ ބިލުގެ ބެލެނިވެރި ފަރާތަށް ވަކާލާތުކޮށް އެމްޑީޕީގެ ސުޕަ މެޖޯރިޓީއޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރަށް މިފަދަ މަސައްކަތެއް މަޖިލީހުގެ ތެރެއިން ނިންމާލެވިފައި ނެތް ކަމަށެވެ. އެހެންކަމުން ވަކި ބިލެއް އެއީ، އެބޭފުޅުންގެ ވިސްނުމެއްކަމަށް ބުނެ ވާހަކަ ދައްކައި ބަހުސް ނުކުރެވޭނެކަމަށް މަމްދޫހު ވިދާޅުވި އެވެ.

މިއީ މި ސަރުކާރުން ހުށަހެޅި ބިލެއްކަމަށާއި، ބިލުގެ ޑްރާފްޓުގެ ފުރިހަމަ ހައްގު ލިބެން އޮތީ ވެސް ރައީސް މުއިއްޒަށްކަމަށް މަމްދޫހު ވިދާޅުވި އެވެ. އެފަދަ ވާހަކަ ދައްކައިގެން ވެސް ބިލަށް ހުރަސްނޭޅޭނެކަން އެނގި ދެން މަޖިލީހުގެ ތަޅުމުގެ ވަގުތު ދިގުދެންމުމަށް ކުއްލި މައްސަލައާއި އެ ނޫން ވެސް ގަރާރު ހުށަހެޅުމުން އެކަމަށް ފުރުސަތު ނުދެވޭނެކަމަށް މަމްދޫހު ވިދާޅުވި އެވެ.

މިކަން ހުއްޓުވުމަށްޓަކައި، ކުއްލި މައްސަލަތަކާއި ގަރާރުތައް ވައްދައިގެން މިކުރަމުން ދާ މަސައްކަތަށް އަޅުގަނޑުމެން އެއްވެސް ފުރުސަތެއް ނުދީ ގައުމީ މިފަދަ މަސައްކަތްތައް، ބާރަށް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން.. މި ބިލު ހުށަހެޅިގެން ދިޔައީމާ ބަހުސް ކުރަންވީ، މި ބިލުގެ ބެލެނިވެރި ފަރާތް ހޯދާކަށް ނޫން.. އަށާރަސްތޭކަ އެތައް ދުވަހެއް، ފަސް އަހަރު ލިބިގެން ދިޔައިރު މިފަދަ ބިލެއް އެމްޑީޕީގެ ސަރުކާރަށް، އެމްޑީޕީގެ ސުޕަ މެޖޯރިޓީއަށް ހުށަނޭޅި އޮތީ.. މި ބިލުގެ ހައްގުވެރި ފަރާތަކީ، އަދި މި ބިލުގެ ފަރުމާ ހައްގު ގޮތުގައި ފެށިގެން އައިސްފައި މިއޮތީ މި ސަރުކާރުގެ ތެރެއިން..

މަމްދޫހު ވިދާޅުވީ ދައުލަތުން ދަރަންޏެއް ނެގުމުން، އެއީ ކޮން ބޭނުމަކު ކިހާ އިންޓްރެސްޓެއްގައި ނެގި ލޯނެއްކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ. އަދި ވިދާޅުވީ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަކީ ވެސް ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ.

މީގެއިތުރުން މަމްދޫހު ވިދާޅުވީ ގާނޫނުގައި ބުނާ މައްދާތަކަށް އިހުމާލުވުމަށް ފަހު ހަރަދު ބޮޑު ދައުލަތެއް ހިންގީ އެމްޑީޕީކަމަށެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަރަށް ބޮޑުތަނުން ދަށްވެގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މި ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކު، މިހާރު އެ ހާލަތު ވެސް ދަނީ ރަނގަޅުވަމުންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: