ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމައިފި

އެންޑީއޭގެ ބޯޑުގެ ޗެއާމަން ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން - ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގަ އެ ފަރުވާ ފެށިގެން ދާނެ ކަމަށް، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއާމަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި ލާޒިމްވެފައިވާ ކަންތައްތަކާއި ފަރުވާއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން އިއްޔެ ވަނީ އެކި އިދާރާތަކާއެކު މަޝްވަރާ ކޮށްފައެވެ. އެގޮތުން އެންޑީއޭގެ ފުރަތަމަ ބޯޑު ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާމަން ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ އެ ޖަލްސާއަށް 10 މެމްބަރުންވެސް ވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި އެންޑީއޭގެ ޕާފޯމަންސް އިވެލުއޭޝަނެއްގެ ގޮތުން މެނޭޖްމަންޓް އޮޑިޓް ކުރުމުގެ މަސައްކަތް ބޯޑުން ކުރިއަށްގެންދިޔަ ކަމަށް ލުބުނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ފަރުވާ ދިނުމުގަ ލާޒިމްކޮށްފަ ހުންނަ ކަންކަމާއި އަދި ފަރުވާއިން ރަނގަޅު ކުރަން ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. އެންމެ މުހިންމު ކަމެއްގެ ގޮތުގަ ގަވާއިދުގެ ތިންވަނަ ނަންބަރުގަ ލާޒިމް ކުރާ ވައިސް ޗެއާއެއް މިއަދު ވަނީ އައްޔަންކުރައްވާފަ. އެގޮތުން އައްޔަން ކުރެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޒް އިސްމާޢީލް ޒާހިރު.

މި މައްސަލަ ހައްލުކުރުމަށް އެންމެ އެކށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވާތީ ކޮންމެ މެމްބަރަކަށް ވެސް ވަކި ޚާއްސަ ޓާސްކްތަކެއް ނަގާފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންޑީއޭގެ ބޯޑު ބައްދަލުވުން ހާފްތާއަކު އެއް ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށާއި ބޯޑުގެ ގަވާއިދު އިސްލާހު ކުރުމަށް މިހާރު ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގު ވެވަޑައިގެންފައިވާ ކަމަށެވެ.

ދެން މިއަދު ހައިލައިޓް ކުރެވުނު ކަންކަމުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސްތުވާތަކެތީގެ ގާނޫނު ތަންފީޒު ކުރުމުގަ އަދި ފަރުވާ ދިނުމުގަ އެންޑީއޭއާއެކު މަސައްކަތް ކުރުމުގަ ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު. އަދި ހަމަ ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީންވެސް ވާހަކަ ދެކެވުނު. އަދި ކަސްޓަމްސްގެ ފަރާތުން ޑްރަގް ސަޕްލައިއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަރުދަނާ ކަންތައްތަކެއް ކުރިއަށް އޮތްތަނުގަ ކުރުމަށް ބޯޑުގައި ވަނީ ނިންމަވާފަ.

ލުބްނާ ފާހަގަކުރެއްވި ގޮތުގައި ޑްރަގު ސަޕްލައި މަދު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. އަދި ބޯޑުގެ މެންބަރުންގެ މެދުގައި މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގަ އެ ފަރުވާ ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ އެ ބައްދަލުވުމުގައި ސިވިލް ސޮސައިޓީގެ ފަރާތުން ޖާނީގެ މެންބަރު އަހުމަދު އަބްދުއްސައްތާރު ވިދާޅުވެފައިވަނީ އެންޑީއޭއަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ވުރެ ނުކުރެވޭ މަސައްކަތްތައް ގިނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: