ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

ވޮލީ ކުޅުންތެރިޔާ އަހުމަދު ފާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގައި ތުހުމަތުގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަހުމަދު ފާޒިލް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގައި ތުހުމަތުގައި ދޭލިޔާގެ، ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ) ހައްޔަރުކުރީ އޭނާ ނިސްބަތްވާ ކެޔޮދޫން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.

އެ އޮޕަރޭޝަންގައި، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފާޒިލް އާއި އޭނާގެ ކޮއްކޮ އަހުމަދު ފައިރޫޒް އަކީ ވެސް ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނެވެ. އަދި ކްލަބް ލެވެލްގައި ވެސް އެކި ވަނަތައް ހޯދާފައިވާ މަޝްހޫރު ދެ ކުޅުންތެރިންނެވެ.

ޑްރަގްގެ މައްސަލައެއްގައި ފާޒިލް ހައްޔަރުކޮށްފައިވާއިރު، ކެޔޮދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން މިދިޔަ މަހު ފުލުހުން އެ ދެ މީހުން ހައްޔަރު ވެސް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: