އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ ފިއުޗަރ ޔޫތު އެކްޝަން ޑޭގެ ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު 10 ޒުވާނުންނަށް ހުޅުވާލައިފިއެވެ.
އުމުރުން 18-30 އަހަރާ ދެމެދުގެ 10 ޒުވާނުންނަށް މި ސަމިޓްގެ ހުރިހާ ހަރަދެއް އ.ދ.އިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ތަފާތު ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ރަނގަޅު މުސްތަގުބަލަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މަގްސަދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ސެޕްޓެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗަރ ޔޫތު އެކްޝަން ޑޭޒްގެ މަޤްޞަދަކީ ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ވިޔަފާރިތަކާއި، ޒުވާނުންނާއި އަދި އެނޫންވެސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. މީގެއިތުރުން، މުހިންމު ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކާއިއެކު، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ސަމިޓަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރުންވެސް ހިމެނެއެވެ.
މި ޔޫތު އެކްޝަން ޑޭއަކީ ޒުވާން ލީޑަރުންގެ ދިރިއުޅުމަށާއި، މުސްތަގުބަލަށާއި، އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު ކަންކަމުގައި އަޑު އުފުލުމަށްލިބޭ ފުރުސަތެކެވެ.
ބައިވެރިން ހޮވާނީ އ.ދ.ގެ ޔޫތު އޮފީހާއި، ޒުވާނުންގެ ޖަމިއްޔާތަކާއި، ކުރީގެ އެޑްވޮކަސީ ގްރޫޕްތައް ތަމްސީލުކުރާ ކޮމިޓީއަކުންނެވެ. މި ސަމިޓުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

