ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރިކަން ތަހައްމަލުކުރަންޖެހެނީ ރައްޔިތުން ހޮޅި ވައުދެއްގައި ޖެހުމުން: އެމްޕީ ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް އަނިޔާވެރިކަން ތަހައްމަލުކުރަންޖެހިފައިވަނީ ހޮޅި ވައުދެއްގައި ޖެހުމުންކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު(ފިއްޓޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވަނީ ރާއްޖޭގެ މާލީ ކަންކަން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށް ވިދާޅުވެފައެވެ. ޒިޔާދު ވިދާޅުވީ ހުރިހާ މަަސައްކަތެއް ހުއްޓިފައިވާއިރު މިއަދު ރާއްޖޭގައި އޮތީ ވައްކަމާއި ކަރަންޓު މީޓަރާއި އެކަނިކަމަށެވެ، އެހެން ހުރިހާ ކަމެއް ނިމިފައިވާކަމަށާއި ހަމައެކަނި ކުރިއަށްދަނީ އެ ދެކަން އެކަނިކަމަށް ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއިން މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންދިއުމުގެ ސަބަބުން ކަންކަމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެވޭތޯ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ނަތީޖާވެސް ރަނގަޅުކަމަށާއި އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ތިބީ 12 މެމްބަރުންކަމަށްވާއިރު ކިރާލުމުން ތަނެއް ހަމަ ނުވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ވަޒީރެއްގެ ފަހަތުގައި އެއް ޓަނު ސްޓޭޓް މިނިސްޓަރުން ތިބޭކަމަށެވެ. އަދި ޑެޕިއުޓީންގެ ވެސް ޓަނެއް ހުންނަކަމަށާއި އެ އަދަދަށް ސިޔާސީ ގޮތުން މީހުންނަަށް ވަޒީފާ ދީފައިވާކަމަށް ވިދާޅުވިއެވެ.  މެމްބަރު ވިދާޅުވީ 12 މެމްބަރުންނަކީ މަދު އަދަދެއް ނަމަވެސް މަޖިލީހުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ފުރަަތަމަ ފަހަރަށް ރާއްޖެއަށް ތުރުކީގެ ފުށް ގެނެވިފައިވާކަމަށާއި އެކަމަކީ އޭނާ އުފާ ކުރައްވާ ކަމެއް ކަމަށްވެސް ހިއްސާކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، އުފާ ކުރައްވަނީ ތުރުކީއިން ފުށް ގެނެވިފައިވަނީ ވަރަށް މަސައްކަތް ކޮށްގެން ކަމަށްވުމުންކަމަށާއި މިހާރު ސަރުކާރުންވަނީ ވަޒީފާތަކުގެ އަދަދުތައްވެސް މަދުކުރުމުގެ މަސައްކަތްތައް ފަށާފައިކަމަށް އަލިއެޅުއްވިއެވެ. އެހެންނަމަވެސް ސަރުކާރުން ގެންގުޅެމުންދަނީ މުޅިން އައު ފޯމިއުލާއެއްކަމަށާއި މިއަދު ސަރުކާރުގެ އަނިޔާވެރިކަން ތަހައްމަލުކުރަންޖެހިފައިވަނީ ހޮޅި ވައުދުތަކެއްގައި ޖެހިފައިވުމުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: