ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ދިގު ތާރިޙަށް ބަލާއިރުވެސް ރާއްޖޭގައި އުފެދުންތެރިކަން އިތުރު ކުރުމަށް މަސައްކަތެއް ކޮށްފައިނެތް: ޢަފޫ

ކެންދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ދިގު ތާރިޙަށް ބަލާއިރުވެސް ދިވެހިރާއްޖޭގައި އުފެދުންތެރިކަން އިތުރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމީދު ވިދާޅުވެއްކޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޢަފޫ ވިދާޅުވީ ޕީއެންސީއަށް ވެރިކަން ލިބުނު އިރު ރައީސް ޑރ. މުއިއްޒުއަށް ވަރަށް ބައިވަރު ދަރަނި އަދި ޕޭކުރަން ޖެހިފައި ހުރި ބިލު ވާރުތަވެގެން އައިކަމަށެވެ. ވެރިކަން ހަވާލުވެގެން އައިރު ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ނަޒުކު ފައްތަރެއްގައި ކަމަށް ޢަފޫ ވިދާޅުވިއެވެ.

ޢަފޫ ވިދާޅުވީ އުނދަގޫ އެހެން ނަމަވެސް މިވަގުތުން ވަގުތަށް ކޮންމެހެން  އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅުއްވަމުން ސާބިތު ކަމާއެކު ރައީސް ކުރިއަށް ވަޑައިގަންނަވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ވެރިކަމުގެ ދިގު ތާރިޙަށް ބަލާއިރުވެސް ދިވެހިރާއްޖޭގައި އުފެދުންތެރިކަން އިތުރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނެތް ކަމަށް ފާހަގަކުރައްވާ ޢަފޫ ވިދާޅުވީ މިހާރު ދެކެމުން މިދާ ކަޅު ދުވަސް ދެކޭ މައިގަނޑު ސަބަބްކީ އެއީ ކަމަށެވެ. މުޅި ގައުމުގެ ޖީޑީޕީގެ 6.5 ބިލިއަން ޑޮލަރު ހުރި އިރު މެޖޯރިޓީ އޮތީ ޓުއަރިޒަމް ސެކްޓާއަށް ކަމަށް ޢަފޫ ވިދާޅުވިއެވެ.

”މާދަމާވެސް ކަމެއް ދިމާވާނެ ގޮތެއް ނޭންގޭނެ، އެހެންނަމަވެސް ސިނާއަތަށް ކިރިޔާވެސް ހީނަރު ކަމެއް އައިއްސިޔާ އަޅުގަނޑުމެން ވަރަށް ދަތި ހާލަތަކަށް ވެއްޓިގެން ދާނީ. ރައްޔިތުންގެ މަޖިލީހަށް ވެއްދިގެން މިދާ ބިލުތަކާއި ހަމައެހެންމެ ދައުލަތުގެ ވަޒީރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ބަލާއިރުގައި އިގްތިސާދު ސިންދަފާތު ކުރުމުގެ ވަރަށް ބައިވަރު މަސައްކަތް ތަކެއް މިއަދުގެ ސަރުކާރުން ވަރަށް ރަނގަޅަށް ކުރަމުން ގެންދާ މަންޒަރު އެބަ ފެނޭ“

އަދުގެ ސަރުކާރުން ކުރަމުން ދަނީ ރައްޔިތުންނަށް އޭގެން ލާބަޔާއި މަންފާ ލިބޭނެ މަސައްކަތް ތަކެއް ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތްތަކަކީ މީގެ ކުރިންވެސް ކޮށްފައި ހުުންނަން ޖެހޭނެ މަސައްކަތްތަކެއް ކަމަށް ޢަފޫ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ފުރަތަމ ދުވަހުން ފެށިގެންވެސް ފެނިގެން ދަނީ ރައީސް ވަރަށް ބާރަށް ކުރައްވާ މަސައްކަތްތަކާއެކު ކުރިއަށް ވަޑައިގަންނަވާ މަންޒަރު ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ރާއްޖެ ދަތުރު ކުރަމުންދިޔައީ ރަނގަޅު މިސްރާބަށް ނޫން ކަމަށް ރައްޔިތުން ގަބޫލު ކުރައްވާ ކަމަށް ޢަފޫ ވިދާޅުވިއެވެ. ދިވެހިރާއްޖެ އިގްތިސާދީ ފުން އަނދަވަޅަކަށް ވެއްޓެމުންދާ ކަމާއި އަދި އޭރުގެ ސަރުކާރުން އިންތިހާއަށް ދަރި ނަގާފައިވާ ކަމަށް ޢަފޫ ވިދާޅުވިއެވެ.

ޢަފޫ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރައްޔިތުންނަށް އެނގޭ ކަމަށާއި އަދި ސަރުކާރު ބަދަލުވެ ޕީއެންސީއަށް އެފުރުސަތު ދެއްވީ އެކަން އެގޮތަށް ދިއުމަށް ނޭދޭތީ އެކަން ބަދަލުކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: