ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކައުންސިލްތައް ”ސައިޒުކޮށްލަން“ އުޅެނީ 1.2 ބިލިއަން ރުފިޔާގަ އަތްނުލެވިގެން: ނާޒިލް

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް - ފޮޓޯ: އެމްޑިޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ކައުންސިލްތައް އޮބަހައްޓާ ނަގަހައްޓާ ކުޑަކޮށް، ’ސައިޒުކުރަން‘ އުޅެނީ ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާއަށް އެކްސެސް ނޯންނާތީ ކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރޭ އެ ޕާޓީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ މަަޖިލިސް މެންބަރުންނާ އެކު ކްރޮސްރޯޑުގަ ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަށް ކަމަށެވެ. ސަބަބަކީ ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާއަށް ސަރުކާރަށް އެކްސެސް ނޯންނާތީ ކަމަށް ތުހުމަތު ކުރައްވާ ނާޒިލް ވިދާޅުވީ ވަކި މިނިސްޓްރީއެއް ގާއިމް ކުރީ ވެސް ހަމަ އެ ސަބަބަށްޓަކައި ކަމަށެވެ.

މިނިސްޓްރީއެއް ހެދީ އެހެންވީމަ. މިހާރު ކައުންސިލަށް ލިބިފަ އޮންނަ ބަޖެޓު ދެން ލިބޭނީ މިނިސްޓްރީއަށޯ. މިނިސްޓްރީން ކޮންމެ މަހަކު ކައުންސިލަށް ބޭނުންވާ ލާރިކޮޅު ފޮނުވަދޭނީ މިނިސްޓަރޯ. މިކަން ނުކުރެވިގެން، މި ފައިސާކޮޅާ ނުކުޅެވިގެން އެލްޖީއޭ މިތާ އޮއްވާ އަނެއްކާ އިތުރު މިނިސްޓްރީއެއް ހަދައިގެން މިކަން ކުރަން ބޭނުންވާ މަގްސަދަކީ ހަގީގަތުގަ އެ ފައިސާއާ ނުކުޅެވިގެން. 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކުގެ އެބަހުއްޓޭ ސަރުކާރަށް އަތް ނުލެވޭ، ރަނގަޅު ވާހަކައެއް. ސަރުކާރުން އަތްލާކަށް ނުވެސް ޖެހޭ. ކީއްކުރަންތޯ ސަރުކާރުން އެ ލާރިއާ ކުޅެންވީ.

ނާޒިލް ވިދާޅުވީ އެއީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ޚަރަދު ކުރަންވާނީ ރަށްރަށުގެ ތަރައްގީއާ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ކަމަށާ އެއީ ސަރުކާރުގެ ބޭބޭފުޅުންނަށް އެކްސެސް އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ގާނޫނަށް އެއްވެސް ބޮޑު ބަދަލެއް ގެންނަން އެމްޑީޕީން އެއްބަސްނުވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވާ ނާޒިލް ވިދާޅުވީ ރައްޔިތުންގެ އަޑު އެންމެ ގާތުން އަހާ ބަޔަކީ އެމްޑީޕީ ކަމަށެވެ. ރައްޔިތުންނަށް އެންމެ ފަސޭހައިން ވާހަކަދެކެވޭ ޕާޓީއަކީ ވެސް އެއީ ކަމަށް ވިދާޅުވެ ނާޒިލް ވަނީ ކައުންސިލުތަކުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ފިޔަވާ އެހެން މެންބަރުންނަށް ރައްޔިތުންނަށް ހަގީގަތުގައި ބޭނުންވަނީ ކޮންކަމެއް ކަން ނޭންގޭ ކަމަށެވެ. ޚާއްސަކޮށް މާލެ ސިޓީ ކައުންސިލަށް ބަލާލި ނަމަވެސް ފެނިގެންދަނީ އެ މަންޒަރު ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ބައި އިލެކްޝަނުގައި އެކަންކަމާ މެދު ފުންކޮށް ވިސްނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: