މިދިޔަ ސަރުކާރުން ކޮވިޑްގެ ހާލަތުން އަރައިގަތުމަށްފަހު ބޮޑު އިންޓަރެސްޓުގައި ލޯނުތައް ނަގައިގެން ފުރުއްވީ އޭރު ތިއްބެވި ސިޔާސީ ވެރިންގެ ޖީބުތައް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޢަފޫ ވިދާޅުވީ ޕީއެންސީގެ ސަރުކާރުން ރޭޔާ ދުވާލު މަސައްކަތް ކުރަނީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށް ކަމަށެވެ. ނިމިގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ޕީއެންސީއަށް ތާއިދު ކުރައްވާ ނެރުނު ނާތީޖާ އަކީ ދިވެހިރާއްޖޭގެ މުސްތަގުބަލަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށް ޢަފޫ ވިދާޅުވިއެވެ. ވެރިކަން ބަދަލުވުމާއި ހަމައަށް ވެސް ރައްޔިތުންނަށް ގައުމުގެ ހާލަތު އެނގޭ ކަމަށާއި އަދި ޕީއެންސީއަށް ވެރިކަން ލިބުނު އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ޢަފޫ ވިދާޅުވިއެވެ.
ޢަފޫ ވިދާޅުވީ ކޮވިޑުގެ ހައްސާސް ވަގުތަކީ މުޅި ދުނިޔެއަށް ވެސް ދިމާވެގެން ދިޔަ ކާރިސާއެއްކަމަށެވެ. އެހެންނަމަވެސް ކޮވިޑުގެ ނާޒުކު ފައްތަރުން ގައުމު އަރައިގަނެގެން ދިޔަ ވަގުތު ވޯލްޑް ބޭންކް، އައިއެމްއެފް ފަދަ ޖަމިއްޔާ ތަކުން ދިޔައީ ގައުމުގެ ހަރަދު ކުޑަކުރުމުން ތަކުރާރުކޮށް އަންގަމުން ކަމަށް ޢަފޫ ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަން ނުކުރައްވާ އޭގެ ބަދަލުގައި ކީއްތޯ ކުރެއްވީ؟ ބޮޑު އިންޓްރެސްޓުގައި ބޮޑެތި ލޯނުތައް ނަންގަވައިގެން ހަމައެކަނި އޭރު ތިއްބެވި ސިޔާސީ ވެރިންގެ ޖީބުތައް ފުރުއްވީ. އެހެންވީމާ މިއަދު އަޅުގަނޑުމެންގެ ހާލަތު މިހިސާބަށް ގޮސްފައިވަނީ. ރަސްރަސްކަލުންގެ ޒަމާނުއްސުރެން ނުނަންގަވާހާ ބޮޑެތި ލޯނުގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑުމެންނާއި ގައުމު ހަވާލުވީ އިރުގައި މިގައުމުވަނީ 120 ބިލިއަން ރުފިޔާއިން ދަރުވާލައިފައި
ޢަފޫ ވިދާޅުވީ މިދިޔަ ސަރުކާރުން ވަނީ ދިވެހި ކޮންމެ ދަރިއެއްގެ ބޮލަށް 350000 (ތިންލައްކަ ފަންސާސް ހާސް) އެތައް ރުފިޔާއަކުން ދަރިނިވެރިކޮށްފައި ކަމަށެވެ. އެހާލަތުގައި ގައުމު އޮތް އިރު ރައީސް މުއިއްޒު ވަޑައިގަންނަވަނީ ފަހަތު ފަޔަށް ބުރަ ވުމެއްނެތި ވަރަށް އިހުލާސްތެރިކަމާއެކު ރެޔާއި ދުވާލު، އޭރަކު އެހާލަތެއްގައި ނަންގަވަންޖެހޭ ފިޔަވަޅެއް ނަންނަގަވަމުން މިގައުމުގެ އިގްތިސާދީ ދުވެލި ބާރު ކުރައްވަމުން ކަމަށް ޢަފޫ ވިދާޅުވިއެވެ.
އަދި މިހާރުގެ އިދިކޮޅުން ހިންގި އެ ސަރުކާރުގައި ލޯނު ނަންގަވަމުން ގައުމުގެ ހަރުމުދާ ވިއްކަވަމުންދިޔަ ކަމަށާއި، އެންމެ ފަހުން ގޮސް ގައުމީ ދިދަވެސް ރަހުނު ކުރި ކަމަށް އަފޫ ވިދާޅުވިއެވެ. އަދި އަމިއްލަ އުފަން ފަސްގަނޑުގައި ފުރަތަމަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅެވޭނެ ޖާގައެއް އެއިރު ނެތް ކަަމަށާއި، ބަސް ބުނެވޭނެ ޖާގައެއް ނެތް ކަމަށް އަފޫ ވިދާޅުވިއެވެ.


One Response
ތިޔަބޭފުޅާ އިހަކަށް ދުވަހު މޭފުއްޕާފަ އިފްތިތާހުކުރި ނޫނު އަތޮޅު ފެރީ އަކީ ނިމިދިޔަ ސަރުކާރުން ލޯނު ނަގައިގެން ކުރި މަސައްކަތް. ގޮނޑީގަ ވެޑުވިލާފަ އިންނަން އަރާމު އެހާ ފިނި. ނޫންތޯ؟