ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން އިންޖީނުގެތައް އެޅީ ކުރިއަށް އޮތް ފަންސާސް އަހަރުވެސް އަޅަން ނުޖެހޭ މިންވަރަށް: އިބްރާހިމް ވަހީދު

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި އިންޖީނުގެތައް އަޅާފައިވާނީ ކުރިއަށް އޮތް ފަންސާސް އަހަރުގެ ތެރޭގައިވެސް އެފަދަ މަސައްކަތެއް ކުރަން ނުޖެހޭ ވަރަށް ކަމަށް ފެނަކައިގެ ކުރީގެ ޑީއެމްޑީ އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާއެއްގައި އިބްރާހިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގައި ބޮޑެތި އިންޖީނުގެތައް އަޅާފައިވުމަކީ އިސްރާފެއްކަމަށް ވެރިކަން ކުރާ ޕީއެންސީއިން ބުނަމުންދާކަމަށެވެ. އެހެންކަމުން އިސްރާފު ވެގެން އުޅެނީ ކޮން ސަބަބާއި ގުޅިގެންތޯ ވިސްނާލެއްވިކަމަށާއި އެގޮތުން ބަލާއިރު ޕީޕީއެމް ޕީއެންސީ މީގެ ކުރިން ވެރިކަމަށް އައި ދައުރުގައި އިނޖީނުގެތަކެއް އަޅާފައިވާކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، އޭގެ އިންޖީނުގެއެއް ވަނީ ހިޔާ ފްލެޓެއްގެ ވަރުކަމަށާއި  އެހެންނަމަވެސް އެމްޑީޕީއިން ތަރައްގީވެގެން އަންނަ ޒަމާނުގައި އިންޖީނުގެތައް އަޅާފައިވާނީ ކުރިއަށް އޮތް ފަންސާސް އަހަރަށްވެސް އެކަން ކުރަން ނުޖެހޭ މިންގަނޑުގައިކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަން ޕީއެންސީއަށް ބަލައިނުގަނެވޭކަމަށާއި އެ ޕާޓީގެ މެމްބަރުންގެ ވިސްނުން އިންތިހާއަށް ހަނިކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީއެންސީގެ މެމްބަރުން ހަރަކާތްތެރިވަމުންދަނީ ހަނި ވިސްނުންތަކެއްގެ މަތިންކަމަށާއި އެހެންކަމަށްވުމުން އެމްޑީޕީގެ ވެރިކަމުގައި އަމަލުކޮށްފައިވާ ގޮތްވެސް ޕީއެންސީއަށް ފަހުމު ނުވާކަމަށްވެސް ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ، ކަން މިގޮތަށް އޮތުމުން އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އެ ދައުރުގައި ކަންކަން ކޮށްފައިވާ ގޮތާއިމެދު މައުލޫމާތު ސާފުކޮށްގެން އެ ވާހަކަތައް ދެއްކުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

އިބްރާހިމް ވިދާޅުވީ، އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އާއި ގުޅޭގޮތުން ނޫހެއްގައި ވާހަކައެއް ޝާއިއުކޮށްފި ހާލަތެއްގައި ޖެހިގެން އަންނަ ދުވަހު ދީނީ މަސައްކަތްތަކުގެ ތެރެއިން ބޮޑު ކުރިއެރުމެއް ލިބިގެންދާކަމަށެވެ. އެގޮތުން ޝަހީމްގެ ދަރިކަލުންނަށް ބޮޑު މުސާރައާއިއެކު މަގާމެއް ދީފައިވާކަމުގެ ވާހަކަތައް ދެކެވެން ފެށުމާއިއެކު އަނެއް ދުވަހު ސަރުކާރުންވަނީ ފަލަސްތީނަށް ގިނަ އަދަދެއްގެ ފައިސާ ދޭނެކަން ހާމަކޮށްފައިކަމަށާއި ޝަހީމް އާއި ގުޅޭ ނޭދެވޭ ވާހަކަތައް ދެކެވެމުން ކޮންމެވެސް ހެޑްލައިންއެއް ހަދާލާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފަލަސްތީނަށް އެއްލައްކަ ޑޮލަރު ހަވާލުކުރަން ބުނީ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުގައިކަމަށެވެ. އެހެންނަމަވެސް އެކަން ނުކޮށް ތިބުމަށްފަހު ކުރެވިގެން އައީ މިނިސްޓަރ ޝަހީމް އާއި ގުޅޭގޮތުން ވާހަކަތަކެއް ދެކެވެން ފެށުމާއިއެކު ކަމަށް ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެއްލަކަ ޑޮލަރު ދިނުމަށްވެސް އަަމަލުކުރަނީ ހެއްވާ މަޖާ ގޮތަކަށް ކަމަށެވެ. އެގޮތުން އެއްލައްކަ ޑޮލަރު ދިނުމަށްޓަކައި މިނިސްޓަރު ޝަހީމް އާއި ބައިވެރިން ފަސްޓްކްލާހުގައި ބޭރަށް ވަޑައިގެން އަގުބޮޑު ހޮޓާތަކުގައި ގޮސް ތިއްބަވާކަމަށާއި އެގޮތަށް އަމަލުކުރުމުން އެއްލައްކަ ޑޮލަރު ދެވޭ އިރު ދޮޅު ލައްކަ ޑޮލަރު ހަރަދުވެގެންދާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: