ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ފަސް އަހަރު ވެރިކަމުގައި ހުރީ އަމިއްލަ ގައިގައި ހުރި ބަލިތައްވެސް ނޭނގޭ ވަރުގެ ވެރިއެއް: އަބްދުﷲ

އެމްޑީ އަބްދުﷲ މުހައްމަދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ފަސް އަހަރު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ ތިމާގެ ގައިގައި ހުރި ބަލިތައް އަމިއްލަ ނަފްސަށްވެސް އެނގިވަޑައިނުގަންނަވާ ވެރިއެއްކަމަށް މޯލްޑިވްސް ގޭސްގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމްޑީ އަބްދުﷲ ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު އޮތީ ލޯނުން ކަފުންކޮށް 64 ބިލިއަން ރުފިޔާގެ ކައްވަޅެއްގައި ވަޅުލުމަށްޓަކައި ޗާޕުކުރި 8 ބިލިއަން ރުފިޔާގެ ޖަނާޒާއަކަށް ގޮވާލާފައިކަމަށެވެ. އަބްދުﷲ ވިދާޅުވީ، އެގޮތަށް ކަންކަން އޮއްވާ ރައްޔިތުންވަނީ 2023 ވަނަ އަހަރު ނުކުމެ އެކަންކަމަށް އިންކާރުކޮށްފައިކަމަށާއި ރައްޔިތުންވަނީ އެ ޖަނާޒާގައި ބައިވެރިނުވާނެކަމަށް ބުނެފައިކަމަށްވެސް ހިއްސާކުރެެއްވިއެވެ.

އޭނާ ވިދާޅުވީ، އެއަށްފަހު ދިވެހި ރައްޔިތުންގެ ތާއީދާއިއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިކަމަށާއި އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ބަލިތައް ރަނގަޅަށް ދެނެވަޑައިގަންނަވާ އެ ބަލިތަކުގެ ރަނގަޅު ފަރުވާ އެނގިވަޑައިގަންނަވާ ޑޮކްޓަރެއްކަމަށެވެ. ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައިވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހުރިހާ ދަތިކަމެއްގެ ފަރުވާ ހޯއްދަވައިދެއްވޭނެ ޑޮކްޓަރެއްކަމަށް ދަންނަވާކަމަށެވެ.

އެހެންނަމަވެސް ނިމިދިޔަ ފަސް އަހަރު ވެރިކަމުގައި ހުރީ ހުދު ތިމާގެ ގައިގައި ހުރި ބަލިތައްވެސް ނޭނގޭވަރުގެ ވެރިއެއްކަމަށާއި އެހެންކަމުން ރައްޔިތުންނަށް އެފަދަ މީހަކު ހޯދައިދޭނީ ކޮން ފަރުވާއެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތަކަށްވެސް އަބްދުﷲ ރައްދު ދެއްވިއެވެ. އެގޮތުން ފައިސާ ޗާޕުކުރަންޖެހޭކަމަށް ފައްޔާޒު ވިދާޅުވެފައިވާކަމަށް އަލިއަޅުއްވައި އޭނާ ވިދާޅުވީ، ފައްޔާޒް އުޅުއްވަނީ ރާއްޖެ ލައްވާ ގޯސްތަކެއް ހައްދުވަންކަމަށެވެ.  އަދި ހަމަ އެހެންމެ ރައީސް ޑރ މުއިއްޒު އުޅުއްވަނީ 65 އަހަރުން މަތީގެ މީހުންނަށް ދެމުންދާ އިނާޔަތް ކަނޑާލުމަށް ކަމަށް ބުނެވެސް ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: