ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސެމްބަރު މަހު ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެސް، އައްޑޫގައި ފަތުރުވެރިކަން ފުޅާ ކުރަނީ!

ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، މި ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީއިން ބޭއްވި ހަރުގެ ޖާލްސާއެއްގައި ވާހަކަދައްވަމުން ފައިސަލް ވިދާޅުވީ، އައްޑޫގެ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިދިޔަ ހަފްތާގައި ޝަންގްރިއްލާގެ މެނޭޖްމެންޓުގެ އިސް ބޭފުޅުންނާއިއެކު މަޝްވަރާ ކުރެވިކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށް ހާއްސަކޮށް ޓާސްކް ފޯހެއް އެކުލަވާލާފައިވާކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޑޫ އާއި މެދު ގެންގުޅުއްވާ ތަސައްވަރު ވަރަށް ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން އަޅުގަނޑު ރައީސް އާއި ބައްދަލު ކުރިން. ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހު އައްޑޫއަށް ދަތުރު ކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެ ދާންވާއިރަށް ޝަންގްރިއްލާއާއި ފަތުރުވެރިކަމުގެ ކަންކަން ނިމިފައި ހުރުމަކީ ބޭނުންްފުޅުވާ ކަމެއް ކަމަށް.

ފައިސަލް ވިދާޅުވީ ޑިސެމްބަރު މަހާއި ހަމައަށް ޝަންގަރިއްލާގެ މަސައްތް ނިންމުމަކީ ރައީސްގެ އަމާޒުކަމަށެވެ. ރައީސް އާއި ދާދި ފަހުން ބައްދަލު ކުރެއްވިކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ، ޑިސެމްބަރު މަހަށް އެ މަސައްކަތް ނިންމުމަށް އެމަނިކުފާނުވެސް އިރުޝާދު ދެއްވާފައިވާކަމަށެވެ.

ޝަންގްރިއްލާ ހެދުމުގެ މަސައްކަތުގެ ތެރެއިން ޗައިނާގެ އީސްޓަން އެއާލައިންސްގެ ނައިބު ރައީސް އާއި ދާދި ފަހުން ބައްދަލުކުރައްވައި، އައްޑޫއަށް ދަތުރުކޮށް ދިނުމަށް އެދިފައިވާކަން ފައިސަލް ފާހަގަކުރެއްވިއެވެ.

މި ސަރުކާރާއި ޗައިނާއާއި ދެމެދު އޮތީ ވަރަށް ގާތް ބަދަހި ގުޅުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫއަށް ޑައިރެކްޓް ފްލައިޓް ޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން އަޅުގަނޑު ޔަގީން ކުރަނީ ދާދި އަވަހަށް މިއަހަރު ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫއަށް ޑައިރެކްޓް ފްލައިޓް ޖެއްސޭތޯ.

އައްޑޫއަށް ޑައިރެކްޓް ފްލައިޓް ޖެއްސުމަށްފަހު، ސީޕްލޭން މެދުވެރިކޮށް، ކައިރި ގއ. އަތޮޅު، ފުވައްމުލަށް ފަދަ ތަންތަނަށް ފަތުރުވެރިން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ޕްލޭންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިގޮތުން ޝަންގްރިއްލާ ހުޅުންވުންވެސް އަވަސް ކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: