ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް ކަފާލާތުގެ ދަށުން ދޫކުރެވޭ އިސްލާހެއް

މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ކުށެއް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކީ، ކަފާލާތުގެ ދަށުން ދޫކުރެވޭ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްނަމަ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ އިޚްތިޔާރު އެ މީހަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ބިލުގައިވާ ގޮތުން މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކުރެވިދާނެއެވެ.

ބިލުގައި ބުނީ ގާނޫނުގައި އެހެން ބަޔާން ކުރި ނަމަވެސް ގަސްތުގައި މީހަކު މެރުމާއި، މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ޙަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާ ކަމަށް ސާބިތުވުމާއި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމާ، ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ހިންގިކަމަށް ސާބިތުވުން ފަދަ މައްސަލަތަކުގައި ކާފާލާތު ނުދެވޭނެ ކަމަށް ބިލުގައި ވެއެވެ.

އޭގެ އިތުރުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލައިގެ އިތުރުން ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ޤާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް ސާބިތުވެފައިވާ މީހުންނަށް ވެސް ކަފާލާތު ނުދެވޭނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވޭ.

އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައި މިހާރު ބުނާގޮތުން ކަފާލާތުގެ ދަށުން މީހަކު ދޫކުރެވޭނީ ދެ ހާލަތެއްގައެވެ. އެއީ ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން ނުވަތަ މީހަކު ޖާމިނުވުމުން ކަފާލާތުގެ ދަށުން ދޫކުރުން ހިމެނެއެވެ. އަދި ހަމަ އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ އެއިން ހާލަތެއްގައި މީހަކު ކަފާލާތުގެ ދަށުން ދޫކުރާއިރު، ޝަރުޠަކާ ނުލައިވެސް، ޝަރުޠަކާއެކުވެސް އެ މީހަކު ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން ބަންދުގައިވާ މީހަކު ވަކި ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެ މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމައިފި ހާލަތުގައި އެފަދައިން ކަނޑައަޅާ ޝަރުތުތައް ވާންވާނީ، އެފަދައިން ދޫކޮށްލެވޭ މީހާގެ މައްޗަށް ކަނޑައެޅޭ، އެކަށީގެންވާ އަދި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމާ ސަބަބާގުޅޭ އަމަލީގޮތުން ފުރިހަމަ ކުރެވޭނެ ޝަރުތުތަކެއް ކަމުގައި ބަޔާން ކޮށް (ނ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: