ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވުޒާރާއަކުން ކުރާ މަސައްކަތް މަޖިލިސް މެންބަރުންނަށް އެނގުން މުހިއްމު: ޝަހީމް

އިސްލާމިިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވުޒާރާއަކުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހައި ތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ޙިއްސާކުރެއްވުމަށް ޓަކައި ބާއްވާ މައުރަޒު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މެނިފެސްޓޯގައިވާ އެ ވުޒާރާއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ފުރިހަމަ ވެފައިވާ ކަމަށެވެ.

ރައީސްގެ ރިޔާސީ މެނިފެސްޓޯގައިވާ ވަރަށް ގިނަ ކަންތައްތައް މި ވުޒާރާއާ ގުޅުންހުރި ކިތަންމެ ކަމެއް މިހާރު ވަނީ ފުރިހަމަވެގެން ގޮސްފަ. ނުވަތަ އެކި ކަންކަން ވަނީ ފެށިފަ. އަނެއްބައި ކަންކަން އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. މިގޮތުން ޒަކާތު ހައުސް ވަނީ އުފެއްދިފަ. އޭގެ މަސައްކަތްތައް އެ ދަނީ ކުރިޔަށް. މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް ވަނީ އުފެއްދިފަ. އޭގެ މަސައްކަތް ދަނީ ކުރިއަށް. މިސްކިތުގެ ޕޯޓަލް ވަނީ އުފެއްދިފަ. އޭގެ މަސައްކަތްތައް ދަނީ ކުރިއަށް. މިހެން ގޮސް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފަ،

މިނިސްޓަރު ވިދާޅުވީ ބައެއް ކަންކަން ފެށުމަށްޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ޚާއްސަކޮށް ވަގްފް މަޝްރޫއުތައް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ ތައްޔާރީތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މައުރަޒު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންނާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މައުރަޒުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެ ކަމަށެވެ. އަދި އެ ސްޓޯލްތަކުން އެ ސެކްޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ލިބޭނެ ކަމަށެވެ. މި މައުރަޒު މިއަދު ހަވީރު 18:00 އަށް އަދި މާދަމާ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: