ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މީގެ ކުރިންވެސް ކުރަމުންދިޔަ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މީގެ ކުރިންވެސް ކުރަމުންދިޔަ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މައިނޯރިޓީއަށް ކުއްލި މައްސަލަ ހުށައެޅުމުގެ ޖާގަ ނުދެނީ އެމްޑީޕީގެ އަޑު ކަނޑުވާލުމަށްތޯ ސުވާލު ކުރުމުން އައިފާން ވިދާޅުވީ މިއަދުވެސް އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންނަށް ގޯސް މައުލޫމާތު ދީ ރައްޔިތުން ”ޕެނިކަށް“ ލައިގެން ރައްޔިތުންގެ މެދުގައި މާޔޫސް ކަމެއް އުފައްދަން ކަމަށެވެ. އައިފާން ވިދާޅުވީ އެއްވެސް ޒިންމާދާރުކަމެއް ނޯންނަ ކަމަށާއި، މަޖިލީހުގެ އެޖެންޑާއެއް ހަދައިފައި އޮންނަ އިރު ކުއްލި މައްސަލައެއް ކަމަށްބުނެ ހެނދުނު ހެނދުނާއި ސިޓީއެއް ލާ ކަމަށެވެ.

”އެއްވެސް ތާކުން ތާކުން ނުޖެހޭ ކަމެއްގައި ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދަން. އަޅުގަނޑުމެންގެ ތެރޭގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެންގެ ގައުމީ ނޮޑެތި މައްސަލަ ތަކުގައި ހުރިހާ ރައްޔިތުން އެކައްޗެއް ނުކިޔާ މައްސަލަ. މިއީ އެންމެ ބޮޑު މައްސަލަ އަކީ. އަޅުގަނޑު ގަބޫލު ކުރަން ސިޔާސީ ގޮތުން އެންމެން ނުޖެހޭކަން ހިޔާލު އެއްގޮތް ވާކަށްވެސް“

އައިފާން ވިދާޅުވީ ސިޔާސީ ގޮތުން އެންމެން އެގޮތް ވާން ނުޖެހޭ ކަމަށާއި އެކި ހިޔާލު ހުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. މަޖިލީހުގެ ފުލޯއަށް ވެސް އެކި ކަންކަން އަންނާނީ އެކިކަހަލަ ހިޔާލު ހުރުމުން ކަމަށް އައިފާން ވިދާޅުވިއެވެ. އެހެންނަމަވެސް ޒިންމާދާރު ވާންޖެހޭ ކަމަށާއި، ޒިންމާދާރު ކަމާއެކު މަސައްކަތް ކުރެވޭ ބަޔަކަށް ވާންޖެހޭ ކަމަށާއި އޭގެ މާނަޔަކީ ރައްޔިތުން ”މިސްލީޑު“ ކުރުން ނޫން ކަމަށް އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ އެމްޑީޕީގް ފަރާތުން ފެންނަމުންދަނީ ރައްޔިތުން ”މިސްލީޑު“ ކޮށް ރައްޔިތުންނަށް އޮޅުވާލަން ކުރާމަސައްކަތްތައް ކަމަށެވެ. ކަމެއް ހުށައަޅާއިރު ޒިންމާދާރު ކަމާއެކު ހުށައަޅާނަމަ ”ކުޅޭ ޑްރާމާތައް“ ނުކުޅެ ވާނެ ކަމަށް އައިފާން ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލީހުގައި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތްއިރު އޭރު އޮތް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހުށައެޅުއްވި ކިތައްމަސައްލަތޯ އައިފާން ސުވާލު ކުރެއްވިއެވެ. އެހެން ނަމަވެސް އޭރު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހުށައެޅި މައްސަލަތަކާއި، ގަރާރުތަކާއި އަދި ކުއްލި މަސައްލަތައް ބޭރު ކުރީ އިދިކޮޅުގައި މަދު މެމްބަރުން ކޮޅެއް ތިބިމުން ކަމަށް އައިފާން ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު މަޖިލީހުގައި ޕީއެންސީގެ ބޮޑު އަގުލަބިއްޔަތު އޮވެ ވެސް މައިނޯރިޓީއަށް ފުރުސަތު ދެއްވާ ކަމަށް އައިފާން ވިދާޅުވިއެވެ. އައިފާން ވިދާޅުވީ އިދިކޮޅުން ދައްކަވާ ވާހަކަތައް އަޑުއަހާ އެބޭފުޅުންނަށްވެސް ފުރުސަތު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވާކަމަށެވެ.

މީގެއިތުރުން އައިފާން ވިދާޅުވީ ރައްޔިތުންނާއި ގުޅޭ ހައްސާސް މައްސަލަތައް އިދިކޮޅުން ހުށައެޅުމުން އެކަން ބަލައިގަނެ މަޝްވަރާކޮށް ސަރުކާރުގެ ތެރެއިން އެކަމަށް ބޭނުންވާ ހައްލު ހޯދައިދެއްވުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: