ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންއެސްޑީއޭ އިން އެމްއައިޓީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާ މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖް (އެމްއައިޓީ)އާ ދެމެދު ނެޝަނަލް އެޕްރެޓެންސްޝިޕް ޕްރޮގްރާމް އަދި ނެޝަނަލް ޓްރޭޑްޓެސްޓިންގް އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮއްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަހުގެ 22 ވީ ހޯމަ ދުވަހު އެމްއެންއެސްޑީގައި މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ކޮލެޖްގެ މެނޭޖަރ އަލްފާޞިލް އިބްރާހިމް ހަސަނެވެ. މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމްއެންއެސްޑީ)ގެ ފަރާތުން ސޮއެކުރެއްވީ އެ އިދާރާގެ ސީ.އީ.އޯ، ޑރ. ޒަހްރާ މުޙައްމަދެވެ.

2008 ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގައި ތަމްރީނުތައް ފޯރުކޮއްދެމުން އަންނަ އެމްއައިޓީ ކޮލެޖުން ވަނީ 47 ޕްރޮގްރާމެއް އެމްއެންއެސްޑީއޭގައި ރަޖިސްޓަރ ކޮއްފައެވެ. އެގޮތުން، ރަސްމީ ނިޒާމުގެ ތެރެއިން ނެޝަނަލް އެޕްރެޓެސްޝިޕް ހިންގުމަށް 9 ޖޫން 2022 ގައި ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން، 361 ދަރިވަރުން ވަނީ ތަމްރީނު ހާޞިލުކޮއްފައެވެ. އަދި 30 ޖަނަވަރީ 2023 ސޮއެކުރެވުނު އެއްބަސްވުމަށްފަހު، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން 70 ދަރިވަރުން ވަނީ ސެޓްފިކެޓް ހާޞިލުކޮއްފައެވެ.

މި ދެ ޕްރޮގްރާމްގެ މަޤްސަދަކީ ޒުވާނުންގެ ހުނަރު އިރުތުކުރުމާއި ވަޒީފާގެ ބާޒާރުގައި މީހުން އުފެއްދުމެވެ. އެގޮތުން، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުގެ އެކި މަސައްކަތްތަކާއި ގުޅޭ ތަފާތު ހުނަރުތައް ހުރި ބޭފުޅުންނަށް ރަސްމީ ތަޢުލީމި ނިޒާމަށް ވަދެ، އެދާއިރާއިން ސަނަދު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: