ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމަށް ސާވޭއެއް ފަށަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން ސާވޭއެއް ފަށަން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ވުޒާރާއާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއު ”ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް“ (ސެއިލްސް)ގެ ދަށުން، މިއަދުން ފެށިގެން ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާރވޭ އަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާގޮތަށް ނިންމާފައިވާ ކަމާށެވެ.

ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާރވޭ ކުރުމުގެ އަމަލީ މަސައްކަތް ކުރާނީ އެފްޖޭއެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކުން ކަމަށްވެސް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އަދި މި މަސައްކަތް، އާންމު ފަރާތަކާއި ހަވާލުކުރި މައިގަނޑު ސަބަބަކީ އެއްކުރެވޭ ޑޭޓާގެ އިންޓެގްރީ ހިފެހެއްޓުމަށާއި، ސާރވޭގެ ނަތީޖާއަކީ ނުފޫޒުން މިންޖުކުރެވިފައިވާ އެއްޗެއްކަން ކަށަވަރު ކުރުމަށާއި، ކަމުގެ މާހިރުން މެދުވެރިކޮށް އިތުބާރުހިފޭނެ މައުލޫމާތު އެއްކުރުމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ސާރވޭއިން އެއްކުރެވޭ ހޯދުންތަކުގެ އަލީގައި، ތަމްރީނުދޭ އިދާރާތަކާއި އިންސްޓިޓިއުޓްތަކުން ހިންގާ ތަމްރީން
ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ އިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްނިދުމުގެ މަގުޗާޓެއް އެކުލަވާލެވޭނެ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ވަޒީފާ އަދާކުރާ އުމުރުގެ ފަރާތްތަކާއި މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތައުލީމާއި ހުނަރު ދަސްކޮށްދޭ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން މި ސާރވޭއަށް މުހިންމުވާނެތީ އެއްބާރުލުން ދެއްވުމަށް އެދިފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: