ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތް މަސްތެރޭ ސްކޭމުގެ 1،400 މައްސަލަ!

ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)، ދިވެހިންގެ ބޭންކް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ސްކޭމާ ގުޅޭ 1،400 މައްސަލަ ހުށަހެޅުނު ކަމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް)އިން ބުނެފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ، (އެސްއޯއީ) ކޮމިޓީން ވަނީ ބީއެމްއެލްއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް އަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށް ބީއެމްއެލްގެ ބޭފުޅުން ހާޒިރުކޮށްފައެވެ. އެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި އެ ބޭންކުގެ ސްޓާފުންގެ ބައިވެރިވުމެއް އަދި މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

ސްކޭމް އިންސިޑެންޓްސްތަކަކީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރެވިގެން އިންވެސްޓިގޭޝަންއާ އެއްޗެހި ހިނގާ ކަންކަން. އަދި މިހާތަނަށް އަޅުގަނޑުމެންނަކަށް އެއްވެސް ފަރާތަކުން އެކަމުގެ އިޝާރާތެއް ދީފައެއްނުވޭ،

ނިމާލް ވިދާޅުވީ އަހަރުގެ މިހާތަނަށް މަކަރާ ހީލަތުން ފައިސާ ހޯދުމާ ގުޅޭ 1،400 ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނިވެސް ސްކޭމުގެ 700 އެއްހާ މަައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލު ހިއްސާކޮށް އޭނާ ވިދާޅުވީ ރިޕޯޓްކޮށްފައިވާ ސްކޭމްތަކުގެ ތެރެއިން 39 އިންސައްތައަކީ ފޯނުން ގުޅައިގެން އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ޓްްރާންސްފާ ކޮށްފައި ހުރި ކޭސްތައް ކަމަށެވެ.

35 އިންސައްތަ މައްސަލަތަކަކީ އެކި ކަހަލަ މާކެޓް ފްލޭސްތަކުގައި އެއްޗިހި ވިއްކަން ޖަހާފައިވާ އެޑްތަކަށް ރިޕްލައިކޮށްގެން މުދާ ގަތުމަށް ލާރި ފޮނުވައިގެން އެއަށް ވީ ގޮތެއް ނޭންގުމުގެ މައްސަލަތައް ކަމަށާ 20 އިންސައްތަ ހިއްސާކުރަނީ ވައިބާ އަދި ޓެލަގްރާމްގައި ހިންގާ ފޮރިން ކަރަންސީ ސޭލްގައި ބައިވެެރިވެގެން އެއަށް ފައިސާ ފޮނުވޭ މައްސަލަ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ހަ އިންސައްތަ މައްސަލަތަކަކީ އިންޓަނެޓް ބޭންކިންގް ލޮގިން ކޮމްޕްރޮމައިޒް ވެގެން އައިސްފައިވާ މައްސަލަތަކެކެވެ.

ނިމާލް ވިދާޅުވީ ލޮގިން ކޮމްޕްރޮޮމައިޒްވާ މައްސަލަތަކުގައި ވެސް އެ ބޭންކުގެ ސިސްޓަމެއްގެ ސެކިޔުރިޓީ ކޮމްޕްރޮމައިޒް ވެގެން ނުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޓޫ ފެކްޓާ އޮތެންޓިކޭޝަން އެނޭބަލް ކުރުމަށް ފަހު ހުރިހާ ބޭފުޅުންގެ އީމެއިލް ޑިސޭބަލް ވެސް ކުރިން. އޭރުގައި ފާގަހަވީ އީމެއިލް ކޮމްޕްރޮމައިޒް ވެގެން ލޮގިންނަށް އެކްސަސްވާކަން. އެހެންވެ އީމެއިލް އޯޓީޕީ ހުއްޓާލިން އަދި އެއަށް ފަހު އަމިއްލައަށް އޮތެންޓިކޭޓާ އެނޭބަލް ކޮށްފައި އަމިއްލައަށް އީމެއިލް އެނޭބަލް ކުރާ ގޮތަށް ބަދަލުކުރީ. ވަރަށް ގިނަ މީހުން އޮތެންޓިކޭޓާ އިންސްޓޯލްކުރުމަށް ފަހު އީމެއިލް އެނޭބަލް ވެސް ކުރި. ޓޫ ފެކްޓާ އޮތެންޓިކޭޝަން އިނީމަ ވަރަށް ޔަގީންކަން އެބައޮތް އިންޓަނޭޝަލް ސްޓޭންޑަޑަށްް އިންޓަނެޓް ލޮގިން ގާއިމްވެފައި ހުރީ. އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާފައި އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒް ވެގެން ވަރަށް މަދު ކޭސްތައް މި ފާހަގަވަނީ.

މެންބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނިމާލު ތަކުރާރުކޮށް ވިދާޅުވީ އެފަދަ ސްކޭމްތައް ހިންގަނީ ބީއެމްއެލް ސްޓާފެއްގެ ބައިވެރިވުން އޮވެގެން ނޫން ކަމަށް ޔަގީންވާ ކަމަށެވެ. އަދި މިހާތަނަށް އެފަދަ ކޭސްތަކުގައި ތަހުގީގީ އިދާރާތަކުން ލިބިފައިވާ މައުލޫމާތަށް ބެލިޔަސް، ބެންކުތެރެއިން ކޮށްފައިވާ ތަހުގީގުތަކަށް ބެލިނަމަވެސް އެކަން ޔަގީންވާ ކަމަށެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ބީއެމްއެލްއިން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: