ގްރޭޓާރ މާލެ ސަރަހައްދުގެ މަގުތަކުގެ ރައްކައުތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު މާލެ ފަހީގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްދެއްވައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން މައުލޫމާތު ދީފައިވާޣޮތުން މާލެ ފަހި ޕްރޮގްރާމްއަކީ ގްރޭޓާރ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތައް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ފަށާ ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމް ރާވައި ތަންފީޒުކުރާނީ އެ މިނިސްޓްރީއިންކަމަށް މައުލޫމާތު ދީފައިވާއިރު ޕްރޮގްރާމްގައި ހިމެނޭ ގިނަ ކަންކަމަކީ ކަމާއި ގުޅުން ހުރި އިދާރާތައް ޝާމިލުވާހެން އެކުލަވާލި ”އަރބަން ޓްރ ފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ“ގެ މަޝްވަރާގެ މައްޗަށް އެކުލަވާލީ ޕްލޭނުން ހަރަކާތެއްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން ”މާލެ ފަހި“ ޕްރޮގްރާމް ބެހިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށެވެ. އެގޮތުން ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ ޢަދަދު ކޮންޓްރޯލްކުރުން ހިމެނޭކަމަށް ބުނެފައިވާއިރު، ޕަބްލިކް ޓްރާންސްޕޯޓްގ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމާއި މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

