ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އިތުރުފުޅު ހައްދަވަން ކުޅަދާނަކަން މިއަދު ރައްޔިތުންނަށް އެނގޭ: ޔާސިރު

ކުރީގެ މެމްބަރު ޔާސިރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ އިތުރުފުޅު ހައްދަވަން ކުޅަދާނެ ބޭފުޅެއްކަން ރައްޔިތުންނަށް އެނގިގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާއެއްގައި ޔާސިރު ވިދާޅުވީ، އިނގިރޭސިންގެ ހިމާޔަތުން ނެއްޓި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަތާ 59 އަހަރު ފުރިފައިވާކަމަށެވެ. އެހެންނަމަވެސް ޖަލްސާގައި ވާހަކަދައްކަވާއިރު، ހަގީގީ މިނިވަންކަން ރާއްޖެއަށް ގެނެސްދިނުމުގެ އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ އެ ޕާޓީގެ މެމްބަރުންކަން ފާހަގަކރުައްވާކަމަށް ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، ވިޔަފާރި ކުރުމުގެ މިނިވަން ހޯދައިދިނީ އެމްޑީޕީއިންކަމަށާއި މިނިވަންކަމާއިއެކު ބަސް ބުނެވޭނެ މަގު ފަހިކޮށްދިނީވެސް އެމްޑީޕީއިންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭނާ ވިދާޅުވީ، އެއް ހަމައެއްގައި ތައުލީމު ލިބޭނެ ކަމުގެ މިނިވަންކަންވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނީ އެމްޑީޕީއިންކަމަށެވެ.

ޔާސިރު ވިދާޅުވީ، އަމިއްލަ ޕްރޮޑަކްޓުތަކެއް އުފައްދައި އެތަކެއްޗާއިއެކު ކުރިއަރައިގެން ދިއުމުގެ މިނިވަންކަންވެސް ލިއްބައިދިނީ އެމްޑީޕީއިންކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް ކަންކަމާއިމެދު ވިސްނާލަންޖެހިފައިވާ ވަގުތު އައިސްފައިވާކަމަށާއި ބަދަލަކީ އަބަދުވެސް އަންނަމުންދާ އެއްޗެއްކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މީގެ 800 އަހަރުކުރިން ރާއްޖޭގައި ދިރިއުޅުނީ މިހާރުގެ ރައްޔިތުން އުޅޭ ގޮތަށް ދިރިއުޅުނު ބައެއް ނޫންކަމަށެވެ. އަދި މީގެ 30 އަހަރު ކުރިންވެސް ދިވެހިރާއްޖޭގައި ދިރިއުޅުނީ އަދުގެ ދުނިޔޭގައި ކަންކަމާއިމެދު ގެންގުޅޭ ވިސްނުންތައް ގެންގުޅުނު ބައެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއިންވަނީ ދިވެހިރާއްޖެ ބަދަލުކޮށްލާފައިކަމަށާއި މިއަދުވެސް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖެއަށް އަންމުންދަނީ ރަނގަޅު ބަދަލުތަކެއް ކަންް ކަށަވަރުކުރުންކަމަށް ވިދާޅުވިއެވެ،.

އޭނާ ވިދާޅުވީ، އެމްޑީޕީގެ މަސައްކަތަކީ ރާއްޖެއަށް އަންނަ ކޮންމެ ބަދަލަކީވެސް ދިވެހި ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާނެ ފަދަ ބަދަލުތަކެއް ކަން ޔަގީންކުރުންކަމަށެވެ.

ޔާސިރު ވިދާޅުވީ، ސަރުކާރުން ދެއްކި ހުރިހާ ވާހަކައެއް ބިލާހަކަށް ވެފައިވާކަމަށާއި ކަނޑަމުންދިޔަހާ ފޮންޏެއް ބަދުނާމުވެފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ވީހާ ވައުދެއްވެސް އޮޔާލާ ގޮސްފިކަމަށާއި އެއާއިއެކު ރައީސް ޑރ މުއިއްޒުއަކީ އިތުރުފުޅު ހައްދަވަން ކުޅަދާނަ ބޭފުޅެއްކަން ރައްޔިތުންނަށް ހާމަވެގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: