ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއަކީ މަހުގެ ބާޒާރުގައި ކޮމްޕެޓިޓަރެއް، އެގައުމުން ރާއްޖޭގެ މަސް ގަންނާނެތޯ: ފައްޔާޒު

ފައްޔާޒު އިސްމާއިލު: ފޮޓޯ/ ސޯށަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއަކީ މަހުގެ ބާޒާރުގައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ކޮމްޕެޓިޓަރު ކަމަށާ އެގައުމާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކޮށް، ރާއްޖެއިން މަސް އެކްސްޕޯޓު ކޮށްފިނަމަ އެގައުމުން ރާއްޖޭގެ މަސް ގަންނާނެ ކަމާމެދު ޝައްކުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އިކޮނޮމިކް ސޮވްރެންޓީ ނުވަތަ މި ސަރުކާރުން ބުނާ ގޮތުންނަމަ އިގްތިސާދީ ސިޔާދަތަކީ ރާއްޖެ ކަހަލަ 95 އިންސައްތަ މުދާ އިމްޕޯޓް ކުރާ ގައުމަކަށް މުހިއްމު އެއްޗެއް ކަމަށެވެ. ފައްޔާޒް ވިދާޅުވީ އިގްތިސާދީ ސިޔާދަތު ހިފެހެއްޓޭނީ ވިޔަފާރީގެ ސިޔާދަތު (ޓްރޭޑް ސޮވްރެންޓީ) ދަމަހައްޓައިގެން ކަމަށެވެ.

ރާއްޖެފަދަ މުދާ އިމްޕޯޓްކުރާ ގައުމެއްގައި ވަރަށް ވަރުގަދަ ޕޮލިސީއެއް އޮންނަން ޖެހޭކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެ ޕޮލިސީއަކީ އެއްވެސް ބަޔަކަށް ބަރޯސާނުވެ ބޭނުންވާ މުދާ އެތެރެކުރުން ކަމަށެވެ.

މިހާހިސާބަށް އައި އިރު ދިވެހިރާއްޖޭގަ އޮތީ ވަރަށް ޓްރެޑިޝަނަލީ، ޒަމާނުއްސުރެ ބިލްޑް ވެފައޮތް ޓްރޭޑް ލިންކުތަކެއް. އޭގެތެރޭގަ އިންޑިއ،ާ ކޮޅުނބު، ސިންގަޕޫރް، ދުބާއީ، ޗައިނާ ދެން އަދި ޔޫރަޕް ވެސް. މިހެން ހުރި ޓްރޭޑް ލިންކުތަކެއް ހުއްޓާ އެފްޓީއޭގެ ވާހަކަ މި ދައްކަވަނީ. އެފްޓީއޭ އޭގެ ޒާތުގަ އެއީ މައްސަލައެއް ނޫން. ފްރީ ޓްރޭޑް އެގްރިމަންޓުގެ މާނަޔަކީ އެއްވެސް ހުރަހެއްނެތި އެއްގައުމެއްގެ މުދާ އަނެއް ގައުމަށް ވެއްދުން. މާނަޔަކީ ކަސްޓަމްސްގެ ޑިއުޓީއާ މިކަހަލަ ޓްރޭޑް ބެރިއާސްތައް ކަނޑާލުން،

ފައްޔާޒް ވިދާޅުވީ ޗައިނާއަކީ ބޮޑު ފެކްޓްރީއަކަށް ވާއިރު އެގައުމާއެކު އެފްޓީއޭ ގާއިމްކޮށް އެ ގައުމުގެ މުދަލުން ސުން ޕަސެންޓު ރާއްޖެއައިސް، ދުބާއީ ސިންގަޕޫރު އިންޑިއާ އަދި ޔޫރަޕުން ގެންނަ މުދަލުން ޑިއުޓީ ނަގާނަމަ ޗައިނާއަށް އެކަނި ބަރޯސާވާން ވިޔަފާރިވެރިންނަށް މަޖުބޫރު ވާނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ސަބަބކީ އެހެން ތަނަކުން މުދާ ގެންނަ ނަމަ ޗައިނާއިން މުދާ ގެނައުމަށް ވުރެ އަގު ބޮޑުވެގެންދާތީ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ޒަމާނުއްސުރެ އުފައްދާފައިވާ ޓްރޭޑް ލިންކުތައް ފުނޑުފުނޑުވެގެން ދިއުން ކަމަށާ އޭގެ މާނައަކީ ދިވެހިން ބަނޑުފުރާނަމުއްތިކުރުމަށް އެތެރެކުރާ މުދަލާ އަދި އެނޫން ވެސް ތަކެތި ޗައިނާގެ ބާރުގެ ދަށަށް ދިއުން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެފްޓީއޭއެއް ހަދަންވާނީ މި ގައުމަކީ އެކްޕޯޓުކުރާ ގައުމެއްކަމުގައި ވާނަމަ ކަމަށެެވެ. އެއީ އެފްޓީއޭގެ މަންފާ ކުރަނީ އެކްޕޯޓުކުރާ ގައުމުތަކަށް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއަށް އަޅުގަނޑުމެން މަސް ބޭރުކުރަންށޭ ކިޔާފަ އެފްޓީއޭއެއް ހަދާއިރުގައި ޗައިނާގެ އެތައް ހާސް މުދަލެއް ޑިއުޓީ ނުނަގާ ރާއްޖެއަށް ވެއްދޭގޮތް ހެދީމާ ޑިއުޓީ ވެސް ގެއްލެނީ. އަޅުގަނޑު މި ދެންނެވި ޓްރޭޑް ލިންކުތައް ވެސް ހަލާކުވެގެން ދަނީ. އަޅުގަނޑުމެންގެ މަސް ޗައިނާއަށް ބޭރުކުރެވިދާނެ ގޮތެއް އެބައޮތްތޯ. ނެތޭ. ޗައިނާއަކީ އަޅުގަނޑުމެންގެ ބޮޑު ކޮންޕެޓިޓާއެއްގެ މަހުގެ ބާޒާރަށް ބަލާއިރު،

ފައްޔާޒް ވިދާޅުވީ އެހެންކަމުން މިގައުމުން އެކްސްޕޯޓު ކުރާ މަދު މަސްކޮޅު ޗައިނާއަށް ބޭރު ކުރެވޭނެތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތް ފަދަ ގައުމަކާއެކު އެފްޓީއޭއެއް ގާއިމް ކުރިނަމަ އޭގެ މަންފާ ކުރީސް ކަމަށާ ސަބަބަކީ އިނގިރޭސިވިލާތަކީ ރާއްޖެއިން މަސް އެންމެ ގިނައިން ގަންނަ އެއް ގައުމު ކަމަށް ވުން ކަމަށެވެ.

ޗައިނާއާއެކު އެފްޓީއޭ ގާއިމް ކުރުމުން މި ގައުމުގެ އިގްތިސާދީ ސިޔާދަތު އެއްކޮށް ގެއްލިދާނެ ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެހެން ވެއްޖެނަމަ ގައުމުގެ ސިޔާދަތާ މިނިވަންކަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

ތިން ގައުމަކާއިއެކު ފްރީޓްރޭޑް އެެއްބަސްވުން ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިނިވަން ދުވަހުގެ ޖަލްސާގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު ވާޙަކަދައްކަވަމުން ރައީސް ވިދާޅުވީ، އެކުވެރި ދައުލަތްތަކާއިއެކު ވަކި ވަކި ވިޔަފާރިތަކަށް ފައިދާވާނެ ފަދަ ކަންކަންވެސް ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޗައިނާއާއިއެކު ފްރީ ޓްރޭޑް އެއްބަސްވުމަށްވެސް އަމަލުކުރަން ފެށޭނެކަމަށާއި މިހާރު ކުރިއަށް ދަނީ ގާނޫނީ މަރުހަލާގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: