ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެހީގައި ހިންގި 6 ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި

ރާއްޖެއާއި އިންޑިއާގެ ހާރިޖީ ވަޒީރު: ފޮޓޯ/ އިންޑިއާގެ ހައިކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ގްރާންޓު އެހީގެ ދަށުން ކުރިއަށް ގެންގޮސް ނިންމާލާފައިވާ 6 މަޝްރޫޢުއެއް އިފްތިތާހުކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓްރީއިންވަނީ އެ ގައުމުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސް ނިންމާލާފައިވާ ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުތަކުގެ 6 މަޝްރޫޢުއެއް އިފްތިތާހުކޮށްފައެވެ.

އެގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓެއް އިފްތިތާހު ކޮށްދެއްވާފައިވާއިރު، ގދ ތިނަދޫ އަބޫބަކުރު ސުކޫލާއި ލ ގަމުގެ އިހައްދޫ ސުކޫލެއްގެ އިންކުލޫސިވް ސަޕޯޓު އުނިޓުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ނިންމާލާފައިވުމާއިއެކު އެ މަޝްރޫއުވެސް އިފްތިތާހުކޮށްފައިވެއެވެ. އަދި ދެ މިނިސްޓަރުންވަނީ ހއ ދިއްދޫގައި ބިނާކޮށްފައިވާ އެޑިއުކޭޝަން ސެންޓަރުވެސް އިފްތިތާހުކޮށްދެއްވާފައިކަމަށްވާއިރު ތ ތިމަރަފުށީގެ މަގުބައްތިޖެހުމުގެ މަޝްރޫޢު އާއި ތ ވޭމަންޑޫ އަދި ގއ ކޮނޑޭގެވެސް މަގުބައްތި ޖެހުމުގެ މަސައްކަތްތައް ނިންމާލާފައިވާކަން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ތަރައްގީ ކޮށްފައިވާ މެންޓަލް ހެލްތު ޔުނިޓުވެސް މިނިސްޓަރު ޖައިޝަންކަރު އަދި މިނިސްޓަރު ޒަމީރުވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މި މަޝްރޫޢުތައް އިފްތިތާހުކުރީ ވާޗުއަލް އިނައުގްރޭޝަންއެއްގެ ގޮތުގައިކަމަށްވާއިރު ރާއްޖޭގެ އެކި ވުޒާރާތަކުގެ އިސްވެރިން ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވިއެވެ. އަދި މަޝްރޫޢުތައް ހިންގުމާއި ހަވާލުވެ ތިބި ފަރާތްތަކުންވެސްވަނީ އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވެފައެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އަދި އެ ގައުމުގެ ހާރިޖީ ވުޒާރާގެ އޮފިޝަލުން މި ބައްދަލުވުމަށް ވަޑައިގަތެވެ. އަދި ރާއްޖޭގެ އިގްތިސާދީ ވަޒީރު އިސްވެ ހުންނަވައިގެން އެ މިނިސްޓްރީ އަދި އިންޑިއާގެ ނެޝަނަލް ޕޭމެންޓްސް ކޯޕަރޭޝަނާއި ދެމެދު އެމްއޯޔޫއެއްގައިވެސް ސޮއިކުރެވިފައިވާއިރު، އިންޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ސީއީއޯ ރިތޭޝް ޝުކްލާއެވެ. ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން އަދި ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަނެންސް ދެމެދު 1000 ސިވިލް ސާވިސް އޮފިސަރުން ތަމްރީނު ކުރުމާއި ގުޅޭގޮތުންވެސް މުއާމަލާތެއް ކުރިއަށް ގެންގޮސްފައިވެއެވ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: