ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ގުޅުމަކީ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ އެއް ބިންގާ: ޑރ ޖައިޝަންކަރު

މިނިސްޓަރު މޫސާ ޒަމީރު އަދި މިނިސްޓަރ ޑރ ޖައިޝަންކަރު: ފޮޓޯ އިންޑިއާ ހައިކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަކީ އެ ގައުމުގެ ނެއިބަރހުޑް ފަސްޓް ފޮލިސީގެ އެއް ބިންގާކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިޏަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން މިނިސްޓަރ ޑރ ޖައިޝަންކަރުވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި ބައްދަލުކުރައްވާފައެވެ. އަދި އެ ވުޒާރާ ގުޅިގެން ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ 6 މަސައްކަތެއް ނިންމައި ހަވާލުކޮށްދެއްވިއިރު، ޑރ ޖައިޝަންކަރުވަނީ ރާއްޖެއަށް ކުރައްވަމުންދާ ދަތުރާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

މިނިސްޓަރ ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އެކުގައި މަސައްކަތްތަކެއް ކުރުމަށް ބޭނުންވުމާއި އަނެއް ގައުމުގެ ދުޅަހެޔޮކަމާއި މަސްލަހަތަށް މަސައްކަތްކޮށްދިނުމުގެ މައްޗަށްކަމަށެވެ. އަދި ރާއްޖެއާއި ދެމެދު ގާއިމުވެފައި އޮންނަ ގުޅުމަކީ އެ ގައުމުގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ އެއް ބިންގާކަމަށާއި ދެ ގައުމުގެ ގުޅުމުގެ ސަބަބުން ކުރިމަތިވެގެންދާ ދަތިތަކާއި ކާރިސާތަކުގެ މައްސަލަތައް ހައްލުކުރުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެފައިވާކަމަށް ވިދާޅުވިއެވެ.

ޖައިޝަންކަރު ވިދާޅުވީ، ރާއްޖެއަކީ އެ ގައުމުގެ ސަރަހައްދީ ސަލާމަތީ ސިޔާސަތު ދެމެހެއްޓުމުގެވެސް ބައިވެރިއެއްކަމަށާއި ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ ބަސްފުޅުން ނަމަ އިންޑިއާއަށް ނެއިބަރހުޑްއަކީ އަހަައްމިއްޔަތު ދެވިފައިވާ އެއްޗެކެވެ. އަދި އަވައްޓެރިންގެ ތެރެއިން ރާއްޖެއަކީ ޕްރައިއޯރިޓީއެއްކަމަށް މޯދީ ވީދާޅުވެފައިވާކަމަށް ޑރ ޖައިޝަންކަރު ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ދެމެދު ތާރީހާއި އެކުވެރިކަމުގެ ގާތް ގުޅުމެއް އޮންނަކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ، މި ދަތުރަކީ ދެ ގައުމުން އެކުގައި ކޮށްފައިވާ މަސައްކަތްތައް ހިއްސާބުކޮށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުރާނެ ކަންކަމުގެ ޕްލޭނެއް އެކުލަވާލުމަށް ލިބޭ ފުރުސަތެއްކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ބައްދަލުކުރެއްވުމަށް ލިބިވަޑައިގެންފައިވާ ފުރުސަތަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށާއި ދެ ގައުމުގެ ދެމެދު އޮތް ހާއްސަ ގުޅުން އިތުަރށް ވަރުގަދަކުރުމާއިމެދު އެމަނިކުފާނުގެ އިރުޝާދުފުޅަށް އިންތިޒާރު ކުރައްވަމުންދާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރ ޒަމީރު އާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމާއި ގުޅޭގޮތުންވެސް ޑރ ޖައިޝަންކަރު މައުލޫމާތު ދެއްވިއެވެ. އެގޮތުން ދެ ގައުމުގެ ގުޅުމުގެ ތެރެއިން މަސައްކަތްތައް ކުރެވެމުންދާ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާފައިވާއިރު އެ ދާއިރާތަކުގެ ތެރޭގައި ތަރައްގީ އާއި ދިފާއި މަސައްކަތްތަކުގެ އިތުރުން މެރިޓައިމް ކޯޕަރޭޝަން އާއި ކެޕޭސިޓީ ބިލްޑިންގެ އިތުރުން ވިޔަފާރި ގުޅުމާއި ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރެއްވިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: