ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އިސްކަމެއް ދެނީ ޑްރަގާއި ގޭންގު އަދި ބިދޭސީންގެ މައްސަލައަށް: އިހުސާން

މިނިސްޓަރުއަލީ އިހުސާންއާއި އަހުމަދު އުޝާމް ކެބިނެޓު ބައްދަލުވުމަށް ފަހު ނުކުންނަނަވީ. -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ އިސްކަމެއް ދެއްވަނީ މަސްތުވާތަކެއްޗާއި، ގޭންގު އަދި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަށްކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

”ރައްކާ“ ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަދައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަކީ އަދުގެ ސަރުކާރުގެ ވަރަށް މުހިންމު އެއް އަމާޒުކަމަށެވެ. އިހުސާން ވިދާޅުވީ، އެ ކަން ހާސިލުކުރުމުގެ ތިން މަސައްކަތެއް ވަރަށް އިސްކަން ދީގެން ކުރަމުން އައިސްފައިވާކަމަށެވެ.

އިހުސާން ވިދާޅުވީ، އޭގެ ތެރޭގައި ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްކުރުން ހިމެނޭކަމަށެވެ. އަދި ގޭންގު ހަދައިގެން ކުރަމުންދާ ކުށްތަކުން ރާއްޖެ އެއްކޮށް މިންޖުކުރުން ހިމެނޭކަމަށް ހިއްސާކުރެއްވިއިރު ތިންވަނަ ކަމެއްގެ ގޮތުގައި އިހުސާންވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، އެއީ އެންމެ އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތްތައްކަމަށާއި އެ މަސައްކަތްތައް ކުރަމުންދާއިރު ރައްޔިތުުން އެއްބާރުލުން ދީގެން ނޫނީ އެކަންކަމުގެ ހަގީގީ ނަތީޖާ ފެނިގެން ނުދާނެކަމަށެވެ. އިހުސާން ވިދާޅުވީ، މިފަދަ ކޮންމެ ކަމެއް ކުރަމުންދާއިރު މިހާރު އޮންނަ ”ބިޒްނަސް އޭޒް ޔޫޝުއަލް“ ކަމަށް ގެންގުޅޭ ވިސްނުން ބަދަލުވާންޖެހޭކަމަށާއި އާންމު ކަންކަމުގެ ގޮތުގައި ދެކެމުންދާ ކަންކަން ބަދަލުވާންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި މިއަދު ”އޯކޭ“ ކަންކަމުގެ ގޮތުގައި ދެކެމުންދާ ކަންކަންވެސް ބަދަލުވާންޖެހޭކަމަށާއި ކަންކަން ޓޮލަރޭޓް ކުރަމުން އައިސްފައިވުންވެސް ބަދަލުކޮށް މުޖުތަމައުގެ ތެރޭގައި ފެންނަމުންދާ ނޭދެވޭ ކަންކަން ކޮންމެވެސް ވަރަކަށް ޓޮލަރޭޓް ނުކުރަން ފަށަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: