ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ހުކުމުން ދުވަހެއް އުނިކުރަން ނިންމައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގައި ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، އޭނާގެ ހުކުމުން ދުވަހެއް އުނިކުރާ ގޮތަށް ނިންމާފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ހާމަ ކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީގައި ޤާއިމުކުރި ”ދިވެހި ސަގާފީ ގޯތި“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ކުރިއަށް އޮތްތަނުގައި، ގައިދީންގެ ރިހިބިލިޓޭޝަނާއި ހަރުދަނާ ބަޔަކަށް އެމީހުން ހެދުމަށް ސަރުކާރުން ކުރަން ވިސްނާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.

ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ޤައުމިއްޔަތާއި ސަގާފަތް ހިމަނައިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި އެގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ކުރެވޭ މަސައްކަތަކީ ގައިދީންނަށް ދަސްކޮށްދެވިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައިދީން ކުރާ މަސައްކަތަކަށް ވާނެ ކަމަށް ހެދުމަށް މަސައްކަތް ކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެއް ސިޔާސަތަކީ އެ މަސައްކަތުގެތެރެއިން އާމްދަނީ ލިބި، އެ އާމްދަނީގެ ބައެއް ގައިދީންނަށް ސީދާ ލިބޭނެ ގޮތެއް ހޯދުން ކަން އިހުސާން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އިހުސާން ވަނީ އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފަވާ އާ ސިޔާސަތެއް ވެސް އިއުލާނު ކުރައްވާފައެވެ.

ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަންގެ މަސައްކަތުގަ ބައިވެރިވާ ކޮންމެ ގައިދީއަކު އެއީ އެމީހާ އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާ ކަމަށް ވިޔަސް ރޭނުމުގެ ދާއިރާއިން ވިޔަސް، ސަގާފީ މަސައްކަތުގެ ދާއިރާއިން ވިޔަސް މަސައްކަތް އުނގެނުމަށް މަސައްކަތް ކުރުމަށ، މަސައްކަތް ކުރާ ކޮންމެ ދުވަހަކީ، ޖަލުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކީ އޭނާގެ ޖަލުހުކުމުން އެއްދުވަސް ކެނޑިގެންދާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން.

އެހެންވީމަ އެ ފަދަ ގޮތަކަށް، ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން، މިކަން ހަރުދަނާ ގޮތަކަށް ކުރިއަށް ދެވޭނެ އުސޫލެއް ކަނޑައެޅުމަށް ފަހު ވަރަށް އަވަހަށް ގައިދީންނަށް އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޖަލުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަހު ބެހެއްޓުމަކީ ބޭނުންވާ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޖަލަށް ވަނުމާއެކު ގައިދީގެ އިސްލާހީ މަސައްކަތް އެ ފެށުނީ ކަމަށާއި ދެން ކުރަން ޖެހޭނީ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި އަނބުރާ މުޖުތަމައުގެ ގޮތުގައި ނުކުމެ، ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އިހުސާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކަރެކްޝަންސް އިން ޕްރޮޓޮކޯލް ތަކާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަން ކުރާނީ އެކަމަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅަކީ ހުރިހާ ގައިދީންނަކީ ވެސް ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި ރަނގަޅު، ފަންނުވެރި މަސައްކަތްތައް ދަސްކޮށްގެން އާމްދަނީ ލިބޭނެ ގޮތެއް ހޯދައިގެން މުޖުތަމައަށް ނުކުމެވޭނެ މީހަކަށް ހެދުން ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: