ހޯމް ސެކްޓަރގެ ޓާސްފޯސްގެ މަސައްކަތުން މިހާތަނަށް ޖުމްލަ 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް މިނިސްޓަރ އޮފް ހޯމަލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މަސައްކަތްތައް ބަލާ ދިރާސާ ކުރާ ޓާސްސްފޯސްއިން މިހާތަނަށް 111 ތަނެއްގައި ސެލޫންގެ ނަމުގައި ހަށިވިއްކަމުންދާކަން ހޯދި ހޯދުމުން ދެނެގަނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ހަށިވިއްކުމަށް ޓުއަރިޓްސް ވިސާގައިވެސް މީހުން އެތެރެކޮށްފައިވާކަން އެނގިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހައްޔަރަށް ގެންދިޔަ މީހުންގެ ތެރެއިން މިހާތަނަށް 183 މީހަކު ވޮަލަންޓްރީކޮށް ރާއްޖޭން ބޭރަށް ފޮނުވާލެވި، އަދި 83 މީހަކު ޑީޕޯޓް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ގަވައިދާ ޚިލާފަށް ރާއްޖެ އެތެރެވެ މިގޮތައް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުން ފާހަގަކޮށް އެމީހުންް ވަގުތުން ޑީޕޯޓްކުރަމުން ދާކަމަށެވެ. އަދި މީގެ އިތުުރުން ޤަވައިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަތައް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ބަލަމުންދާކަމަށާއި އެ ފަރާތްތަކުން ވިޔަފާރިކުރާ ތަންތަން ބަލާ ފާސްކޮށް ބަންދުކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ހޯމް ސެކްޓާރއިން ކުރަުން އަންނަ އިތުރު މަސައްކަތްތަކުގެ ތެރޭގައި ދަރުމަވަންތަ ސްކޫލްއާއި އިންވެގެން ހުންނަ މާލޭ ޖަލު އެސަރަޚައްދުން ބަދަލްކުރެވިފައިވާނެކަމަށް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ. ޖަލުގެ ސަބަބުން ސްކޫލްފައި ކިޔަވާ ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމުން މާލެ ޖަލު ހުސްކޮށް އެކަމަށް ހައްލު ހޯދާދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

