ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅުން ބިން ހޯދުމަށް ކައުންސިލަށް ހުށައަޅާފައިވޭ: މޭޔާރ އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމިގެންދިޔަ ދުވަސްވަރު ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ސްކީމެއް ތައާރަފްކުރެއްވިކަމަށާއި އެހެންކަމުން އުތުރުތިލަފަޅުން ބިން ހޯދުމަށް އެދި ކައުންސިލަށް ހުށައަޅާފައިވާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު އާއިއެކު މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މޭޔާރ އާޒިމް ވިދާޅުވީ، މާލެ ސިޓީއަށް ދަތިވާ ވަރަށް ގިނަ ކަންކަން ހުރިކަމަށެވެ. ހާއްސަކޮށް މާލޭގައި 40-50 އިންސައްތަ މީހުން ދިރިއުޅެމުންދާކަމަށްވުމުން ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވޭކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ފެނިގެންދާކަމަށާއި އެ މަސައްކަތްތައް ކައުންސިލުތަކާއި މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދަވާކަމަށް ޝުކުރުވެރިވާކަމަށެވެ. މޭޔާރ ވިދާޅުވި، މަޝްވަރާތަކުގެ ތެރެއިން ކުރެވިގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ގޮތް ހިޔާރުކުރައްވައިގެން ރައީސް ފިޔަަވަޅު އަޅުއްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

އާޒިމް ވިދާޅުވީ، މިއީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއަކު ރަސްމީ ސިފައިގައި މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރުކަަމަށާއި އެހެންކަމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެންމެ ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ދާކަން ފެނިގެންދާކަމަށް ވިދާޅުވިއެވެ.

އާޒިމްވަނީ މި ފުރުސަތުގައި މާލޭގެ ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައްވެސް ރައީސްއާއި ހިއްސާކުރައްވާފައެވެ. މޭޔާރ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލަށް ބައެއް ފަރާތްތަކުން ޒިޔާރަތްކޮށް ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ތެރެއިނާއި ފްލެޓު ލިބުނު މީހުންގެ އިތުރުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުން ބިން ލިބުނު މީހުންވެސް ކަންބޮޑުވުންތައް ހުށައަޅާކ،ަމަށެވެ.

މޭޔާރ ވިދާޅުވީ، ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަމުގެ ސްކީމެއް ތައާރަަފްކޮށްފައިވާކަމަށާއި އެކަމަށްވެސް ހުށައަޅާފައިވާއިރު އެޕްލައި ކޮށްފައިވަނީ އުތުރު ތިލަފަޅުން ބިން ހޯދުމަށްކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، އެކަން ހިނގީ ކުރީގެ ސަރުކާރު ނިމިގެން އައި ދުވަސްވަރު ފެށި ބޯހިޔާވަހިކަމުގެ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.

މޭޔާރ ވިދާޅުވީ 4000 ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަކުރެވިފައިވާ މީހުންނަށް ވީހާވެސް އަވަހަކަށް ފްލެޓުތައް ހަވާލުކުރެވޭނެ އިންތިޒާމެއް ހަމަޖައްވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. މޭޔާރ ވިދާޅުވީ، މައްސަލައެއް ފާހަގަކުރެވިފައިވާ މީހުންނަށް ލިޔުމެއް ލިބިފައިވާނަމަ އެ މީހުންނާއި ވަކިން ބައްދަލުކޮށް އެކަންވެސް އުސޫލެއްގެ މަތިން ހައްލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އާޒިމް ވިދާޅުވީ، ގޯސްކޮށް އެޕްލިކޭޝަންތަކެއް ލާފައިވާނަމަ ފްލެޓު ހައްގުވާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އެހެންނަމަވެސް މިހާރު އޭގެ ފަހުން ނުވަ މަސް ދުވަސްވެ ހާލަތު ވަރަށް ބޮޑަ ބަދަލުވެފައިވާކަމަށްވުމުން މަސައްކަތްތަކުގެ ތެރެއިން އޭރުގެ ހާލަތަށްވެސް ރިއާޔަތްކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. މޭޔާރ ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ މީހުންނާއިމެދު ވަރަށް ބޮޑަށް ނާއިންސާފުން އަމަލުކުރެވިދާނެކަމަށްވުމުން އެއީ ކައުންސިލުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ރައްޔިތެއްގެ އަތުން އެއްވެސް އެއްޗެއް އަތުލާ ނަމަ އެކަން ވަރަށް ހަރުދަނާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ފާސްކޮށް ހައުސިންގްއަށް ކައުންސިލުގެ ފަރާތުން ހުށައެޅުމެއްވެސް ހުށައަޅާފައިވާކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: