ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު: ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ފެންނަމުންދަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެފައެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަނު ކުރެވޭ ގޮތަށް ގަވައިދަށް އިސްލާހު ކުރުމާއި ގުޅިގެންނެވެ.

ބޭންކުތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނަންސްގެ ގަވައިދަށް ގެނައި މި އިސްލާހުގައި ވަނީ ކެބިނެޓު މިނިސްޓަރުންނާއި ގާނޫނެގެއް ދަށުން އުފައްދާފައިވާ ދައުލަތުގެ އިދާރާއެއްގެ އެންމެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ފިޔަވައި އެހެން ފަރާތްތަކަށް ބޯޑުގައި ތިބެވޭކަމަށެވެ.

މީގެ ކުރީގެ ގަވައިދުގައި ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް މާލީ އިދާރާއެއްގެ ބޯޑުގައި ނުތިބެވޭނެ އެވެ. އަލަށް ގެނައި އިސްލާހުން ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފިޔަވައި އެހެން ސިޔާސީ ބޭފުޅުންނަށް ބޭންކުތަކާއި އިންޝުއަރެންސް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަނު ކުރެވޭނެ އެވެ.

މި އިސްލާހުތަކާއި ގުޅިގެން ފައްޔާޒް އިސްމާއީލް ވިދާޅުވި ގޮތުގައި މިހާތަނަށް އެއްވެސް ސަރުކާރަކުން މިފަދަ ގޮތަކަށް މާލީ ނިޒާމުގެ އިންޓެގްރިޓީއަށް އުނިކަން ގެނެސްފައެއް ނުވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ސަރުކާރުން ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް، ސިއްރުވެރި ދައުލަތެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ފައްޔާޒް އިސްމާއީލް ވިދާޅުވީ މިފަދަ ސިޔާސަތުތަކަކީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުންނާއި އިންވެސްޓަރުންގެ އިތުބާރަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ކަންކަން ކަމަށެވެ. އަދި ދުޅަހެޔޮ އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ކަންކަން ހާމަކުރަން ކެރެން ޖެހޭނެ ކަމަށާއި، އެ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑުއެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: