ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ދައުރު މި މަހުގެ 26އަށް ދިގުދަންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު މި މަހުގެ 26އަށް ދަންމާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި ދައުރު ދަންމާލަން ހުށަހަޅުއްވާފައެވެ.

އެހެންކަމުން މިއަދުގެ ވޯޓުގެ ވަގުތުގައި އެކަމަށްޓަކައި ނެގުނު ވޯޓުން ދައުރު ދަންމާލަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ދައުރު ނިމޭނީ 15 އޮގަސްޓްވާ ބުރާސްފަތި ދުވަހުގައެވެ. ގަވާއިދުގައިވާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ހުވާ ކުރެއްވީ ފާއިތުވި މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ ޕީއެންސީގެ ކަމަށްވާއިރު، އެމްޑީޕީގެ މެމްބަރުންގެ އިތުރުން އަމިއްލަ ގޮތުންވެސް ބައެއް މެމްބަރުން މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިއެެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުންވަނީ ޕީއެންސީ އާއި ގުޅިފައެވެ. އެހެންކަމުން އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އަދަދު 75 އަށް އަރާއިރު، އެމްޑީޕީގައި ތިއްބެވީ 12 މެމްބަރުންނެވެ. އެމްއެންޕީގެ މެމްބަރުންނާއި ޖޭޕީގެ އިތުރުން އެމްޑީއޭ އިން ވެސް ވަނީ މި އިންތިހާބުގައި ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: