ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

85000 ހައުސިންގް ޔުނިޓަށް 8.5 ބިލިއަން ހަރަދުވާނެކަމަށް އަންދާޒާކުރެވޭ: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ފަސް އަހަރު ތެރޭގައި އަޅަން ނިންމާފައިވާ ހައުސިންގް އުނިޓުތަކުގެ މަސައްކަތްތަކަށް 8 ބިލިއަން އާއި ގާތްކުރާ އަދަދެއް ހިނގާނެކަމަށް ލަފާކުރެއްވޭކަމަށް މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ދަރަނީގެ އަދަދުތައް ތިރިކުރުމަށް މަސައްކަތްކުރަމުންދާ ވާހަކަ މިނިސްޓަރ ޑރ މުހައްމަދު ޝަފީގުވަނީ ވިދާޅުވެފައިކަމަށެވެ. އެހެންކަމުން މި ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ މަސައްކަތްތަކާއި ގުޅިގެން އުފެދިގެންދާނެ ދަރަނީގެ އަދަދުތައް ހިސާކޮށްފައިވޭތޯ ސުވާލު ކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، އެ ސުވާލު ކުރެއްވެނީ ހައުސިންގް މިނިސްޓަރު ޑރ އަލީ ހައިދަރު އަހުމަދު ގިނަ އަދަދެއްގެ ހައުސިންގް އުނިޓުތައް ބިނާކުރާނެކަން އިއުލާނުކުރައްވާފައިވާތީކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ހައިދަރު ހިއްސާކުރެއްވީ 85000 ހައުސިންގް ޔުނިޓު ބިނާކުރާ ވާހަކަ ކަމަށާއި އެކަމަށް 8.5 ބިލިއަން ރުފިޔާ ހަރަދުވެގެންދާނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތަކަކީ މި ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދާ ކަންކަން ކަމަށްވާއިރު އެ މަސައްކަތްތަކާއިއެކު ގުޅީފަޅާއި ފުށިދިއްގަރު ފަޅުގެ މަސައްކަތްތައްވެސް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިޝާރާތްކުރެއްވިއެވެ. އެހެންކަމުން މި ހުރިހާ ކަމަކަށް 10 ބިލިއަނާއި 15 ބިލިއަނާއި ދެމެދު އަދަދެއް ހަރަދުވެގެންދާނެކަމަށް އަންދާޒާކުރެއްވޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ފޮރިން ޑެޓްސް ހުރީ 2.7 ބިލިއަންގައިކަމަށެވެ. އަދި ސަރުކާރުން ހިންގާނެކަމަށް ބުނަމުންދާ ޕްރޮޖެކްޓުތަކުގެ ހަރަދު މިއަށްވުރެ އެތައް ގުނައެއް އިތުރުކަމަށްވުމުން 95 އިންސައްތައަށް ދަރަނި ދަށްކުރަނީ ކޮން ގޮތަކުން ތޯ ސުވާލު އުފެއްދިއެވެ. އަދި މިހާރު ހިންގުމަށް ނިންމާފައިވާ ކަންކަމުގެ ސަބަބުން ބޭރުގެ ދަރަނި އިތުރުވެގެންދާނެ އަދަދުގެ އަންދާޒާއެއް އޮތްތޯވެސް ޝަމްހީދު އެއްސެވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދަރަނި ނެގުމުގައި މުހިންމު ކަމަކީ އެ ދަރަންޏާއި ގުޅިގެން އެސެޓުތަކެއް ހުރުން ނުވަތަ ނަފާވަނިވި އިންވެސްޓުމެންޓުތަކެއް ކުރެވިފައި ހުރުންކަމަށެވެ. އަދި އެގޮތުގެ މަތިން އަމަލުކުރުމުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއިރު މިވަގުތު މައްސަލަތަކެއް ކުރިމަތިވެފައިވަނީ ބޮޑެތި ދަރަނިތަކެއް ނަގާފައިހުރިއިރު އެއާއި ގުޅިގެން ރާއްޖޭގެ އިކޮނޮމީއަށް ނަފާ ވާ ވާރުގެ އެސެޓްތަކެއް ފެންނަން ނެތުމުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ސަނީސައިޑް ބޮންޑުގެ ނަމުގައި ހުރި ލޯނު ރީފައިނޭސް ކުރުމަށްފަހު ބޮޑު އަދަދެއްގެ ނެގިކަމަށެވެ. އެހެންނަމަވެސް އެއާއި ގުޅިގެން އެސެޓުތަކެއް ބިނާކުރެވި ހުރިނަމަ ފައިދާވީސްކަމަށް ވިދާޅުވިއިރު، މިސާލެއްގެ ގޮތުގައި ހުޅުމާލެ ބުރިޖުގެ ސަބަބުން އެ ސަރަހައްދަށް ކުރިއެރުންތަކެއް ލިބިގެންދިއުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ނިމިދިޔަ ދައުރުގައި ނަގާފައިވާ ލޯނުތަކުން އެފަދަ އެސެޓެއް ބިނާކޮށްފައިނުވާކަމަށްވުމުން އެފަދަ ފައިދާތަކެއް ލިބިގެން ނުދާކަމަށް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: