ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއިން ހުޅުމާލޭގައި ޑައިވް ސެންޓަރެއް ގާއިމުކުރުމަށް ފުރުސަތު ހުޅުވާލައިފި

ހުޅުމާލެ ބީޗް ސަރަހައްދު. ފޮޓޯ: އަރބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ޑައިވް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެޗްޑީސީއިން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން، އެ ކުންފުނިންވަނީ ހުޅުމާލޭގައި ޑައިވް ސެންޓަރެއް ބިނާކުރުމަށް ނިންމާފައެވެ. އެހެންކަމުން މިހާރު އެ ޑައިވް ސެންޓަރު ޑިވެލޮޕްކޮށް ހިންގާނެ ފަރާތްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި އެންމެންގެ މެދުގައި ހަމަހަމަ ފުރުސަތެއް ދިނުމަށްޓަކައި ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން އެ ކުންފުނިން ބޭނުންވަނީ ލީސް ކުރާ މޮޑެލްއެއްގެ މައްޗަށް ޕްރޮޖެކްޓު ބިނާކުރުމަށްކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ އެހެނިހެން މޮޑެލްތަކުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް ހުށައެޅުމަށް ފުރުސަތު ނެތް ވާހަކަ ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ކޮންމެ މޮޑެލްއެއްގެ މައްޗަށް ހުށައެޅި ނަމަވެސް ދެ ފަރާތަށްވެސް ވެގެންދާނެ ފައިދާ ސާފުކޮށް ބަޔާންކުރަންވާނެކަމަށް އަލިއަޅުވާފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އެ ހުށައެޅުމަށްވުރެ ގިނަ ހުށައެޅުން ލިބިއްޖެ ހާލަތެއްގައި ކުރިއަށް ދާނީ ކުންފުނީގެ ވިޝަންއާއި އެންމެ އެއްގޮތް ހުށައެޅުމަކާއިއެކުކަމަށެވެ. އަދި ޕްރޮޕޯސަލް އިވެލުއޭޓްކުރުމުގައި ބިޒްނަސް މޮޑެލްގެ އިތުރުން ހުށައަޅާ ފަރާތުގެ ތަޖުރިބާ އާއި މަސައްކަތްކުރާނެ ޓީމުގެ މައުލޫމާތުތަކުގެ އިތުރުން ހުށައަޅާ ކުންފުނީގެ މާލީ ސްޓެބިލިޓީއަށްވެސް ރިއާޔަތްކުރާނެކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިންވަނީ ފްރޭމްވޯކް އެގްރީމެންޓެއް ސޮއިކުރެވުމުގެ ކުރިން ހުށައެޅުން ބަލައިގަތުމާއި ނުގަތުމުގެ ހައްގު އަބަދުވެސް އެ ކުންފުންޏަށް ލިބިގެންވާނެކަމަށްވެސް މި ފުރުސަތުގައި ބަޔާންކޮށްފައެވެ. އަދި މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރަންވާނީ އެ ކުންފުނީގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓު އެޕްލިކޭޝަން މެދުވެރިކޮށްކަމަށް ބުނެފައިވާއިރު، އީމެއިލް އަދި އޮފީހަށް ގޮސް އެޕްލިކޭޝަން ހުށެޅުމަށްވެސް ޑެޑްލައިންއެއްގެ ގޮތުގައި އޮގަސްޓު މަހުގެ 29 ވަނަ ދުވަސް ކަނޑައަޅާފައިވާކަންވެސް ބަޔާނުގައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: