ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމަށް ކޮމިޓީން ނިންމައިފި

ބަންޑާރަ ނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލުން ރެގިއުލޭޓު ކުރާ ބާކައުންސިލްގެ ހިންގާ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އިންނަވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮތް މާއްދާ އުނި ކުރުމަށް ހުށަހެޅި އިސްލާހުގެ ބިލު، އޮތް ގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ ބޭނުމަކީ ބަންޑާރަ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްކަމުގައި ބަޔާން ކުރާ މާއްދާ ބަދަލުކޮށް ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމިޓި އެކުލެވިގެން ވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ރައީސަކާއި، ނައިބު ރައީސެއް އަދި މެމްބަރުންގެ މައްޗަށްކަމަށް ހަމަޖެއްސުމެވެ.

އެ ބިލުގައި ވަނީ އިސްލާހު ގެނައުމުގެ ބޭނުމަކީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއި އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ މާއްދާގައި ބުނާ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރަންވާނީ 6 ގާނޫނީ ވަކީލުންކަމަށް ބުނާ އަދަދު 7 އަށް ބަދަލު ކުރުން ހިމެނެއެވެ.

އެ ބިލު ދިރާސާކުރުމުގައި ކޮމިޓީން ވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއާ ބައްދަލު ކޮށް ޚިޔާލު ހޯދާފައެވެ.

ކޮމިޓީ ރިޕޯޓުގައި ބުނީ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ އަދި ކޮމިޓީ ބައްދަލުވުމުގައި ވެސް އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރު އިސްލާހު ކުރަންޖެހޭކަން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ފާހަގަކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދަށް ރިއާޔަށް ކޮށް، ފޮނުވާފައިވާ ބިލުގެ ތެރެއިން ގާނޫނީ ފަންނުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރު އިސްލާހުކުރުމަށް ފޮނުވާފައިވާ ބިލުގައި ހިމެނެން ނެތުމާއެކު އެ މާއްދާ އިސްލާހުކުރަން އިތުރު ބިލެއް މަޖިލީހަށް ހުށަހެޅުމަށް މެންބަރު އަނާރާ ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން 21 އޮގަސްޓުގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބިލު އޮތް ގޮތަށް ފާސްކުރުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ބާ ކައުންސިލްގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި ގާނޫނީ ވަކީލުކަން ކުރުުމުގެ ހުއްދަ ދީ، ވަކީލުންގެ މަސައްކަތްތަކާ ގުޅޭ ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ހިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށްދާކަން ކަށަވަރުކުރުމެވެ.

ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރެވޭ މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. އެ ކޮމެޓީގެ ރައީސްކަމަށް އިންތިޚާބުކުރާ މީހަކަށް 1 ދައުރަށްވުރެ ގިނަ ދައުރަށް އެ މަގާމެއް ނުފުރޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: