ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާ ކުރިޔަށް ދަނިކޮށް ޝަމީމް އިސްތިއުފާ ދީފި

ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަގާމުން ވަކި ކުރުމަށް ވޯޓަށް އެހުމުގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކޮމިޓީގެ ނިންމުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ޖަލްސާ ތާވަލު ކުރީ މިރޭ 9:00 އަށެވެ. މަޖިލީހުގެ މިއަދު މެންދުރު ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މިރޭ ބާއްވާނެ ކަމަށެވެ.

ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް، ޝަމީމް މަގާމުން ވަކި ކުރުމަށް ހުށަހެޅީ އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދެވެ. ޕީޖީ އޮފީހުގެ ބައެއް މަސައްކަތްތަކަށް ސުވާލު އުފައްދައި، ޝަމީމްގެ މައްޗަށް ކުރި ތުހުމަތުތަކުގެ އެ ސިޓީގައި އަށް ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދަށް ކުރި ޖިންސީ ގޯނާގެ ދައުވާ ފައިލް ކުރުމާއި، ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ފައިލް ކުރުން އަދި ހުޅުމާލޭގެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި އެމްޑީޕީއާއި ގާތް މީހަކު ހިމެނޭތީ އެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުން އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ ކުރިޔަށް ނުގެންދިއުމެވެ. އަދި ބަނގުރަލާއި ގުޅޭ 77 މައްސަލައަކާއި އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން އަދި ވެންޓިލޭޓަރުގެ މައްސަލައެވެ. ޝަމީމްގެ މައްޗަށް ވަނީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ވެސް ތުހުމަތުކޮށްފައެވެ.

މި މައްސަލަތަކުގެ ލިޔެކިއުންތަކާއި އެކު ޝަމީމް ހާޒިރު ކުރި، ޖުޑިޝަރީ ކޮމިޓީ ކުރިޔަށް ގެންދިޔައީ މެމްބަރުން ބޭނުންވާތީ ސިއްރުންނެވެ. އަދި ކޮމިޓީން ޝަމީމް ވަކި ކުރުމަށް ފާސް ކުރިތާ މާގިނަ އިރުތަކެއް ނުވެ ބޭއްވި ޕްރެސްގައި ޝަމީމް ވަނީ ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޝަމީމް ވިދާޅުވީ އަސްލު ތުހުމަތުގެ ސިޓީއެއް ވެސް އޭނާއަށް ނުލިބޭ ކަމަށެވެ. ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތްކަމަށާއި، އޭގެ ތެރެއިން ގިނަ ކަންކަމަކީ މައުލޫމާތުތައް އަބަދުވެސް ދެމުން އައިސްފައިވާނެކަމަށެވެ. އެގޮތުން އަލީ ވަހީދު ނުވަތަ މަހުލޫފްގެ މައްސަލައިގައި ދައްކަން ހުރީ ކޮން ވާހަކައެއްތޯ ސުވާލު އުފައްދައި ޝަމީމް ވިދާޅުވީ ހުރިހާ ތަފްސީލެއް ވެސް ރިޕޯޓުތަކުގެ ސިފައިގައި ފެންނަން ހުންނާނެ ކަމަށެވެ.

ސުވާލަށް ހުޅުވާލުމުން އިސްތިއުފާ ދެއްވަފާނަން ޝަމީމަށް ކުރި ސުވާލުގައި އޭނާ ވިދާޅުވީ، އޭނާ މަސައްކަތާއި ގުޅޭ ހުރިހާކަމެއް ދަސް ކުރެއްވީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒުގެ ފަރާތުން ކަމަށެވެ. އަދި އެއަށް ވުރެ ތަފްސީލުކޮށް ދޭނެ ޖަވާބެއް ނެތްކަމަށާއި، އޭނާ އަމަލު ކުރާނީ މުއިއްޒުއާއި އެއްގޮތަށް ކަމަށެވެ.

2013 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މުއިއްޒު މަގާމުން އިސްތިއުފާ ދެއްވީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް އެހުމަށް ކުޑަތަންވެފައި ވަނިކޮށެވެ. އޭރު މުއިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔައީ ވެސް ނުފޫޒުގެ ތުހުމަތުތަކެއް ކުރުމަށް ފަހުއެވެ.

މި ޑްރިލް އޮންނަ ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ… އަޅުގަނޑު މި މަސައްކަތް ފެށީ އަހުމަދު މުއިއްޒުގެ އަރިހުން.. ކުރީގެ ޕީޖީ.. އެބޭފުޅާގެ އަރިހުން އަޅުގަނޑު ދަސް ކުރީ.. އެބޭފުޅާ ކަންތައް ކުރި ގޮތަށް އަޅުގަނޑު ވެސް ކުރާނީ..

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަމިއްލަ މީޑިއާ ވެބްސައިޓެއް ތައާރަފުކޮށް، ޝަރީއަތްތައް ހިނގާ ނުހިނގާ ގޮތުގެ ހުރިހާ މައުލޫމާތެއް ނޫސްވެރިންނަށް ފެންނާނެހެން ގެނެސްދިންކަން ހުރިހާ ނޫސްވެރިން ގަބޫލު ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އޮފީހުގެ އެތެރޭގައި ސުލޫކީ މައްސަލަތައް ބެލުމާއި ގުޅޭގޮތުން ސުވާލު އުފެއްދި ނަމަވެސް، އޭނާ ބޭނުންވާ ގޮތަކަށް ކޮމިޓީގެ މަސައްކަތަކަށް އެއްވެސް ނުފޫޒެއް ފޯރުވައި ކަން ހިނގާ ނުހިނގާ ގޮތް ނުބެލޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ނުފޫޒާއި ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަށް ޝަމީމް ވިދާޅުވީ، އޭގެ ޒާތުގައި ކޮންމެ ސަރުކާރަކުން ވެސް އަންނާނެ ނުފޫޒުތައް ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް މަގާމުގެ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްއަކީ، ދައުލަތުގެ ބަންޑާރަ ނައިބާއި އަދި ހޯމް މިނިސްޓަރާއި އެކުގައި މަސައްކަތް ކުރަން ޖެހޭ މީހަކަށް ވާތީ އެކި މައްސަލަތަކުގައި ވާހަކަ ދެކެވޭނެކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވަކި ބަޔަކަށް މަންފާވާ ގޮތަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރި ނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާނެކަމަށް ޝަމީމް ވިދާޅުވި އެވެ. ދައުވާކޮށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި، ނުފޫޒު ގަދަ މީހުން ވެސް ހިމެނޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 36%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 55%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: