ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް 10.4 އިންސައްތަ އިތުރު

ހުސްވި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދުތައް 10.1 އިންސައްތައިން އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމު ކުރު ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ އޮގަސްޓު 27 ވަނަ ދުވަހުގެ ނިޔަލަށް 1،343،911 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން 27 ގެ ނިޔަލަށް 160،854 މީހުން އައިސްފައިވާކަމަށް ރިޕޯޓުގައި ވެއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ނިމިދިޔަ އަހަރު މި މުއްދަތާއި ހިސާބަށް ރާއްޖެއަށް އައިސްފައިވަނީ ޖުމުލަކޮށް 1،216،815 ފަތުރުވެރިންކަމަށްވުމުން މި އަހަރުގެ މި މުއްދަތުގައި ޖުމުލަކޮށް 10.4 އިންސައްތައިގެ އިތުރުވުމެއް އައިސްފައި ވެއެވެ. އަދި މި އަހަރުގެ ތެރޭގައި އެންމެ ގިނައިން މިހާތަނަށް ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައިކަމަށް ވެސް މައުލޫމާތު ދިނެވެ. އެ މަހުގެ ތެރޭގައި 217،392 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ މައުލޫމާތުތައް ވެސް މިނިސްޓްރީއިން އާންމުކޮށްފައެވެ. ނިމިދިޔަ އަހަރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާ މި އަހަރު 6 ވަނަ އަށް ވެއްޓިފައިވާއިރު ތިންވަނައިގައި އޮތް ޗައިނާވަނީ ތާވަލުގެ އެންމެ މަތީ ޖާގަ ހޯދާފައެވެ. އެ ގައުމުން މި މުއްދަތުގައި ރާއްޖެއަށް 195،689 ފަތުރުވެރިން އައިސްފައިވެއެވެ. 6 ވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 80،363 މީހުންކަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ފެނިގެންދާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާ މާކެޓުން އައިސްފައިވަނީ 144،950 މީހުންނެވެ.

މި އަހަރުގެ އޮގަސްޓު 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޖުމުލަ 1231 ޓުއަރިސްޓު ފެސިލިޓީ ހުރިކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން 182 ރިސޯޓާއި 14 ހޮޓެލް. 881 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ ހުރިކަމަށް މައުލޫމާތު ދީފައިވާއިރު އެނދުތަކުގެ ޖުމުލަ 64،142 އަށް އަރާކަންވެސް ފެނިގެންދެއެވެ. އެހެންނަމަވެސް މިވަގުތު އޮޕަރޭޝަނަލް ކެޕޭސިޓީ ހުރީ 172 ރިސޯޓެއްގައިކަމަށްވުމުން ބޭނުންކުރެވޭ ހާލަތުގައި ހުރި އެނދުތަކުގެ ޖުމުލައަކީ 62،778 ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: