2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެނަކަ ކުންފުނި އެސްޓީއޯގެ ސަބްސިޑިއަރީއަކަށް ބަދަލުކުރުމުގެ ގޮތުން އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި ފެނަކަ އަދި ފިނޭންސް މިނިސްޓްރީއާއި ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން ބުނެފައިވާގޮތުން ފެނަކަ ކުންފުނީގެ ވިޔަފާރީގެ އެންމެ ބޮޑޫ ހޭދައަކީ ތެލަށް ކުރާ ހަރަދަށްވުމުން އެ ކުންފުނީގެ ސަބްސިޑިއަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެ ނަމަ، އެ ގުޅުމުގެ ސަބަބުން ދެ ކުންފުންޏަށްވެސް ވެގެންދާނެ ފައިދާތަކާއި ބެހޭގޮތުން ސަރުކާރަށް 2024 އޮގަސްޓު 15ގައި ޕްރޮޕޯސަލްއެއް ހުށައަޅާފައިވާކަމަށެވެ. އަދި ސަރުކާރުންވަނީ އެ ހުށައެޅުން ގަބޫލުކޮށް ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތައް ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް 25 ވަނަ ދުވަހު ސަރުކާރުން ނިންމިކަމަށް ބުނެފައިވެއެވެ.
އެ ކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައި ޖެނުއަރީ 2025 އިން ފެށިގެން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ފެނަކަ އަދި ފިނޭންސް މިނިސްޓްރީއާއި ގުޅިގެން ޕްލޭނެ އެކުލަވާލުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން މީޑީއާތަކަށް މައުލޫމާތު ދީފައިވެއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން އެކުލަވާލެވިފައިވާ ޕްލޭންގެ ތެރެއިން މިނިވަން އޮޑިޓް ފާރމެއް މެދުވެރިކޮށ،ް ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔު
ޑިލިޖެންސް ހެދުމަށާއ،ި އެސެޓްތައް ވެލިއުކުރުމަށާއި އަދި މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިއުގެ އިތުރުން ކުންފުނި ރައިޓްސައިޒްކޮށް ކުންފުނި ހިންގުން ހަރުދަނާކުރުމަށްޓަކައ،ި މިނިސްޓްރީ އޮފް ފިނޭންސްއާއެކު ކުރަންޖެހޭ މަސައްކަތްކުރުމަށް ޑިރެކްޓަރުންގެ ބޯޑުން އިރުޝާދު ދީފައިވާކަމަަށެވެ.
ފެނަކައިގެ އިންޓެރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމަންޓް އެންޑް އެނަރޖީ ތަމްސީލްކުރައްވާ ފަރާތްތައް ހިމެނޭ ގޮތަށްކަމަށްވެސް ބުނެފައިވާއިރު އެ ކުންފުނީގެ ދަށަށް ފެނަކަ ބަދަލުކުރެވުމާއިއެކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވަރނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން ޢައްޔަންކުރާ އުސޫލާއި އެއްގޮތަކަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކ،ީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާކަމަށްވާއިރ،ު މި ފައިސާ އެސްޓީއޯ ގްރޫޕަށް ލިބޭނެގޮތުގެ ޕްލޭނެއް ހެދ،ި އެއާއި އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށ،ް ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކުންފުނީގެ އެންމެހާ ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް އަރުވާކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

