ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ރަށަކީވެސް ކުއްލިހާލަތުގައި އިޖާބަދެވޭ ވަސީލަތް ހުރި ތަނަކަށް ހަދަން ޖެހޭ: ސަފޫރާ

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކޮންމެ ރަށަކީވެސް ކުއްލިހާލަތުގައި އިޖާބަދެވޭނެ ވަސީލައްތައް ގާއިމްވެފައި ހުރި ތަނަކަށް ހަދަން ޖެހޭ ކަމަށާ އެކަމަށް ބޭނުންވާ ވަސީލައްތައް ގާއިމްކޮށް އިތުރަށް މުޖްތަމައު ހޭލުންތެރިކަން އިތުރުކުރުވަން ޖެހޭ ކަމަށް ދިފާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާ ވިދާޅުވެއްޖެއެވެ.

ކާރިސީ ހިރާސްތައް ކުޑަކުރުމަށް މުޅި ރާއްޖެ ހިމެނޭހެން މަސައްކަތްކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ)އިން އައު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ އެ ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފޫރާ ވިދާޅުވީ އެ ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތައް އިތުރުވަމުންދާކަން ފާހަގަކުރައްވާ ސަފޫރާ ވިދާޅުވީ އެކްޝަން ޕްލޭންގެ ދަށުން އެކަމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

މީރުމާ ހޮޓެލްގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ކުއްލިހާލަތުގައި އިޖާބަދެވޭނެ ވަސީލައްތައް ގާއިމްވެފައި ހުރި ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް އެފަދަ ކަންކަމަށް އިތުރަށް މުޖްތަމައު ހޭލުންތެރި ކުރުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖެއަކީ ނާޒޫކު ތިމާވެއްޓެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެކި ނުރައްކަލާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މިކަމަކީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭ އިން ބުނީ މުޖުތަމައުގައި ހުރި ނާޒުކުކަން އަބަދުވެސް ފެންނަމުންދާ ކަމަށެވެ. އަދި އެ އޮތޯރިޓީއާ، ކަމާއި ގުޅުންހުރި އިދާރާތަކަށް ކާރިސާތަކުގެ ނުރައްކާތެރިކަމާއި، ނާޒުކުކަމުގެ ސަބަބުން ތަކުރާރުކޮށް ލިބޭ ގެއްލުންތަކުގެ ބޮޑުކަން ރަނގަޅަށް އެ އިދާރާއަށް އެނގޭ ކަމަށެވެ. އަދި މި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި، ރާއްޖޭގައި ކާރިސާ ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ވަރަށް ފުންކޮށް ދިރާސާ ކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: