ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 57އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސޯސަން މަގުގައި ހުންނަ ކެފޭއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ސޯސަން މަގު ފެށޭ ހިސާބުގައި ހުރި، ”ގާމަގު ކެފޭ“ ގައި ރޯވީ އިއްޔެ މެންދުރު 14:40 ހާއިރުއެވެ. ތިން ފަންގިފިލާއަކަށް ހަދާފައިވާ އެ އިމާރާތުގެ ދެވަނަ ފްލޯއަކީ ކެފޭގެ ބަދިގެއެވެ. އަދި ބާކީ ދެ ފްލޯ ބޭނުން ކުރަނީ ބިދޭސީންގެ އެކަމޮޑޭޝަންގެ ކަންކަމަށެވެ. އަދި އެ ކެފޭއަކީ ވެސް ބިދޭސީންތަކެއް، ބިދޭސީންނަށް ހާއްސަކޮށްގެން ހިންގަމުން އައި ތަނެއްކަމަށް މައުލޫމާތު ލިބެއެވެ.

މި އިމާރާތުގައި ދިރިއުޅޭ ބިދޭސީންގެ ޖުމްލަ އަދަދު ސާފު ނުވީނަމަވެސް، ބައެއް މަސްދަރުތަކުން އެނގޭ ގޮތުން އެ ތަނުގައި 50 އެއްހާ މީހުން ދިރިއުޅެއެވެ. އަލިފާން ފޯވި ކެފޭގެ އެހެން ފްލޯތައް ހަދާފައި ވަނީ ޑެގު އަޅައި ވަށައި ޓިނު ޖަހައިގެންނެވެ. މި ހާދިސާގައި އިމާރާތް އެއްކޮށް އަނދައި، ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާންގަނޑު ފެތުރުނެވެ.

އެންޑީއެމްއޭ މީގެ ކުރިން ބުނީ އެ ހާދިސާގައި 37 މީހުން ހާލުގައި ޖެހުނު ކަމަށެވެ. ނަމަވެސް ފަހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެ އޮތޯރިޓީން ބުނީ ހާލުގައި ޖެހުނު މީހުންގެ އަދަދަކީ 57 ކަމަށެވެ. އެންޑީއެމްއޭގެ ޕޯސްޓުގައި ބުނީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައި ވަނީ 37 ދިވެހިންނާއި، 20 ބިދޭސީން ކަމަށެވެ. އަދި އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ އެހީތެރިކަން ދެމުން ގެންދާކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: